Roadha Mihaaru
މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި

މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި

24 އޯގަސްޓް 2017

މަތީ ތައުލީމަށް ހާސިލްކޮށްގެން އެކުލަވާލި ފުރަތަމަ މާސްޓަ ޕްލޭން މިއަދު ލޯންޗުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމަށް ހާސިލްކޮށްގެން އެކުލަވާލި ފުރަތަމަ މާސްޓަ ޕްލޭން މިއަދު ލޯންޗުކޮށްފި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށް ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލި މި ޕްލޭން ލޯންޗުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެެވެ.

މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުުކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ބައެއް ކޮލެޖުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުުކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ބައެއް ކޮލެޖުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިއީ ރާއްޖޭގައި ކިޔަވައިދެމުން އަންނަ އަމިއްލަ ކޮލެޖުތަކާއި ސަރުކާރުގެ ކޮލެޖް އަދި ޔުނިވާސިޓީތަކަށް ހަދާފައިވާ މިފަދަ ފުރަތަމަ ޕްލޭނެވެ. މި ޕްލޭނުގެ ދަށުން މަތީ ތައުލީމަށް ހާއްސަކޮށްގެން މައިގަނޑު ފަސް ކަމެއް ކުރަން ވަނީ ނިންމައިފަ އެެވެ.

ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ މައިގަނޑު ކަންތައްތައް

- ސައިޒް އެންޑް ސްޓްރަކްޗާ އޮފް ހަޔާ އެޑިއުކޭޝަން (މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ ފުރުސަތުތައް އިތުރުކުރުން)

- ގަވާނަންސް އޮފް ހަޔަ އެޑިއުކޭޝަން (މަތީ ތައުލީމު ހިންގުމާ ގުޅޭ ކަންކަން)

- ކޮލިޓީ އިން ހަޔާ އެޑިއުކޭޝަން (މަތީ ތައުލީމުގެ ކޮލިޓީ މަތިކުރުުން)

- އިކޮނޮމިކް އެންޑް ސޯޝަލް އޮފް ހަޔާ އެޑިއުކޭޝަން (މަތީ ތައުލީމުގެ އިޖުތިމާއީ އަދި އިގުތިސޯދާ ގުޅޭ ކަންކަން)

- ބަޖެޓް އެންޑް ފައިނޭންސް އޮފް ހަޔާ އެޑިއުކޭޝަން (މަތީ ތައުލީމަށް ކުރާ ހޭދައާ ގުޅޭ ކަންތައްތައް)

މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކުުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝީހާމް (ކ) އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާސްޓަ ޕްލޭން ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ސާނަވީ ތައުލީމަށްފަހު މަތީ ތައުލީމަށް ދާ ދަރިވަރުންގެ އަދަދު ދުވަހުން ދުވަހަކަށް އިތުރުވާއިރު އެކަމަށް އެދޭ ދަރިވަރުންނަށް ފުރުސަތުތައް ދެވެންޖެހޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް އަލިއަޅުވާލައި ފަސް އަހަރުގެ ޕްލޭނުގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ރާއްޖޭގައި އަށްޑިހައެއްހާ މަރުކަޒު ހިންގަމުން އަންނައިރު އެ ތަންތަނުން 15،195 ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ފަސް އަހަރު ދުވަހުގެ ޕްލޭން ނިމިގެންދާއިރު އެ އަދަދު، 22،000 އަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކުުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މާލޭގެ ސްކޫލުތަކުގެ އިސްވެރިން ބައިވެެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކުުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މާލޭގެ ސްކޫލުތަކުގެ އިސްވެރިން ބައިވެެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަތީ ތައުލީމުގެ ކޮލިޓީ ހިފެހެއްޓުމަށް ހަރުދަނާ ނިޒާމްތަކެއް ގާއިމްކޮށްފައިވާ ކަމާއި އެކަމުގެ ތެރެއިން އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޯލްޑް ބޭންކުން މި ސަރަހައްދަށް ކަނޑައަޅާފައިވާ ޓީމުގެ ލީޑަރު ޑރ. ހަރްޝާ އަތުރުޕާނޭ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ ހިނގަމުން ދަނީ ވަރަށް ހަރުދަނާ އަދި ފައިދާ ހުރި ގޮތަކަށް ކަމަށެވެ. އެގޮތުން މި ސަރަހައްދުގެ ގިނަ ގައުމުތަކާ ހިލާފަށް ރާއްޖޭގައި ޕްރައިމަރީ އަދި ސެކަންޑްރީ ތައުލީމުގެ ޕްލޭނެއް އޮންނަކަން އޭނާ ފާހަގަކުރެއްވި އެވެ،

އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ އިރު މަތީ ތައުލީމަށާއި ވަޒީފާގެ ފުރުސަތުތަކަށް ވަރަށް ޑިމާންޑު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން އެ ދެ ކަމަށް ވެސް ވިސްނައިގެން ކުރިއަށް ގެންދަންޖެހޭކަން އޭނާ ފާހަަކުރެއްވި އެވެ.

ފުރިހަމަ ތައުލީމީ ނިޒާމަކަށް، ވަކި ދާއިރާތަކަށް ހާއްސަކޮށްގެން ކިޔަވައިދޭ މަރުކަޒުތައް ވަރަށް މުހިއްމު ކަމަށާއި އެކަން، މަތީ ތައުލީމުގެ ޕްލޭނުގައި ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.