02 މާޗް 2018
މަތީ ތައުލީމަށް ކިޔެވުމަށް ބޭނުންވާ މީހުންނަށް ސަރުކާރުން ދޫކުރާ 560 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
މަތީ ތައުލީމަށް ކިޔެވުމަށް ބޭނުންވާ މީހުންނަށް ސަރުކާރުން ދޫކުރާ 560 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ވަނީ އަލަށް ކިޔެވަން ފަށާ 500 ދަރިވަރުންނާއި މިހާރު ތައުލީމް ހާސިލް ކުރާ 60 ދަރިވަރަކަށް އެ ލޯނު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހުރެގެން ކިޔަވަން ދޫކުރާ ލޯނެކެވެ.
މި ލޯނުގައި ކިޔަވަން ބޭނުންވާ މީހުން އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ހަޔާ އެޑިއުކޭޝަނުން ފޯމް ދޫކުރާއިރު އެ އިދާރާގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެ އެވެ.
މަތީ ތައުލީމަށް ކިޔެވުމަށް ދޫކުރާ ލޯނުގެ ތެރެއިން ރާއްޖެ އިން ތައުލީމް ހާސިލު ކުރާ 330 ދަރިވަރުންނަށް ފުރުސަތު ދޭއިރު ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރާ 260 ދަރިވަރަކަށް ލޯނު ދިނުމަށް ވަނީ ނިންމައިފަ އެވެ.
ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދެނީ ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.
މަތީ ތައުލީމު ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ޓްރެއިނިން އާއި ނާސިން އާއި ޓީޗިން ގެ އިތުރުން މެޑިސިން ހިމެނެ އެވެ. މީގެ އިތުރުން ސްކިލް ޝޯޓޭޖްގައި ހިމެނޭ ކޯސްތައް ހިމެނެ އެވެ.
މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެ ފަހަރަށް ލޯނަށް ހުޅުވާލަ އެވެ. މިއީ މި އަހަރު ހުޅުވާލި ފުރަތަމަ ފަހަރެވެ. ސަރުކާރުން މަތީ ތައުލީމަށް މިހާތަނަށް 4،000 އަށް ވުރެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ތައުލީމާ ގުޅޭ ދެ ބިލު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް
"ލޯނަށް އަލުން ހުޅުވާލާނަން، މި ފަހަރު ފަސޭހަވާނެ"
މަތީތައުލީމަށް ދޫކުރި ގިނަ ލޯނުތައް ނުދައްކާ އެބަހުރި
ސަރުކާރުން އަންނަ އަހަރު ހިލޭ ޑިގްރީއަށް ކިޔަވައިދެނީ
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
މެލޭޝިޔާގެ 250 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ހުއްދަ ނެތި ފެއާތައް ބާއްވައިގެން ނުވާނެ: ޑީއެޗްއީ
ލިމްކޮކް ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި
މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި