Roadha Mihaaru
ސައުދީން ހައްޔަރު ކުރި ގިނަ ޕްރިންސުން ދޫކޮށްލަނީ

ސައުދީން ހައްޔަރު ކުރި ގިނަ ޕްރިންސުން ދޫކޮށްލަނީ

06 ޑިސެމްބަރ 2017

ރިޔާޒް (ޑިސެމްބަރު 6) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން ހައްޔަރުކުރި ޕްރިންސުންގެ ތެރޭން ގިނަ މީހުން މިހާރު ވަނީ ސަރުކާރަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކަމަށާއި އެއްގޮތަށް އެއްބަސްވާ ޕްރިންސުން ދޫކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮރަޕްޝަން ހުއްޓުވަން ސައުދީގައި މިދިޔަ މަހު އުފެއްދި ކޮމިޝަނުން ވަނީ 320 އަށް ވުރެ ގިނަ މީހުން ސުވާލު ކުރުމަށް ހާޒިރުކޮށްފަ އެވެ. މީގެ ތެރޭން 195 މީހުން ވަނީ ބަންދުކޮށްފަ އެވެ. އެ މީހުން ބަންދުގައި ތިބީ ވެރިރަށް ރިޔާޒުގެ އެންމެ ފެންވަރު މަތީ އެއް ހޮޓާ ކަމަށްވާ ރިޒް ކާލްޓަނުގަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް އާއި ވަޒީރުކަމުން ދާދި ފަހުން ވަކިކުރި މީހުންނާއި ކުރީގެ ވަޒީރުން ހިމެނެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތާ ދެކޮޅު ހަދާ އަދި ސަރުކާރަށް ފައިސާ ދައްކަން އެއްބަސްނުވާ ޕްރިންސުންނާ ދެކޮޅަށް ދައުވާ ކުރަން ވަނީ ނިންމައިފަ އެވެ.

ރަސްކަމުގެ ތަޚުތަށް ވަޑައިގެންފާނެ ކަމަށް އެއް ދުވަސްވަރެއްގައި ބެލެވުނު ޕްރިންސް މުތައިބް ބިން އަބްދުﷲ ވަނީ އެއް ބިލިއަން ޑޮލަރު ސަރުކާރަށް ދައްކަން އެއްބަސްވުމުން ދޫކޮށްލައިފަ އެވެ.