Roadha Mihaaru
ބަންދުގައި ހުރި އެއްވެސް ޕްރިންސެއް އަވަހާރައެއް ނުވޭ

ބަންދުގައި ހުރި އެއްވެސް ޕްރިންސެއް އަވަހާރައެއް ނުވޭ: ސައުދީ

08 ނޮވެމްބަރ 2017

ރިޔާޒް (ނޮވެމްބަރު 8) - ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މަޝްހޫރު ޕްރިންސެއް ކަމަށްވާ އަބްދުލް އަޒީޒް ބިން ފަހުދު އަވަހާރަވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާ ޚަބަރުތައް ސައުދީ ސަރުކާރުން ދޮގު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ނޮވެމްބަރު 8) - ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މަޝްހޫރު ޕްރިންސެއް ކަމަށްވާ އަބްދުލް އަޒީޒް ބިން ފަހުދު އަވަހާރަވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާ ޚަބަރުތައް ސައުދީ ސަރުކާރުން ދޮގު ކޮށްފި އެވެ.

ކުރީގެ ރަސްގެފާން ފަހުދުގެ ދަރިކަލުން އަބްދުލް އަޒީޒް އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ހޭޝްޓެގެއް ވެސް ޕްރޮމޯޓް ކޮށްފަ އެވެ.

"ޕްރިންސް އަބްދުލް އަޒީޒްއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރާ ޚަބަރުތަކުގެ އެއްވެސް ހަގީގަތެއް ނެތް،" ސައުދީ އިންފޮމޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ޕްރިންސް އަބްދުލް އަޒީޒް ހުންނެވީ ހެޔޮ ހާލުގައި."

ކޮރަޕްޝަނާ ދެކޮޅަށް ސައުދީގައި އަލަށް އުފެއްދި ކޮމިޝަނުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 11 ޕްރިންސަކާއި އެހާރާއި މިހާރުގެ ވަޒީރުން ހިމެނެ އެވެ. އޭގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު އަލް ވަލީދު ބިން ތަލާލް ހިމެނެ އެވެ. ކޮރަޕްޝަނާ ދެކޮޅު ކޮމިޝަނުގެ ވެރިއަކީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.

ސައުދީ އެހެން ޕްރިންސެއް ކަމަށްވާ މަންސޫރު ބިން މުގްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަވެފަ އެވެ.