Roadha Mihaaru
ސައުދީ ރިޒް ކާލްޓަން ހޮޓާ: ޕްރިންސުންގެ ޖަލަކަށް

ސައުދީ ރިޒް ކާލްޓަން ހޮޓާ: ޕްރިންސުންގެ ލަގްޒަރީ ޖަލަކަށް

10 ނޮވެމްބަރ 2017

ރިޔާޒް (ނޮވެމްބަރު 10) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި ހުންނަ މަޝްހޫރު ރިޒް ކާލްޓަން ހޮޓާ މިހާރު ވަނީ ޕްރިންސުންގެ "ލަގްޒަރީ ޖަލަކަށް" ބަދަލުކޮށްފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ނޮވެމްބަރު 10) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި ހުންނަ މަޝްހޫރު ރިޒް ކާލްޓަން ހޮޓާ މިހާރު ވަނީ ޕްރިންސުންގެ "ލަގްޒަރީ ޖަލަކަށް" ބަދަލުކޮށްފަ އެވެ.

ސައުދީ އަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ ރައީސުންނާއި ބޮޑު ވަޒީރުން ތިއްބެވުމަށް މަޝްހޫރު ހޮޓާ ޖަލަކަށް ބަދަލުކޮށްފި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނީ ކޮރަޕްޝަނާ ދެކޮޅަށް ސައުދީން މިހާރު ހިންގާ ހަރަކާތުގައި ހައްޔަރުކުރި 11 ޕްރިންސުންނާއި ވަޒީރުން އެ ހޮޓަލުގައި ބާތިއްބާފައި ތިބުމުންނެވެ. އޭގެ ތެރޭގައި ދުނިޔެ އަަށް މަޝްހޫރު ބިލިއަނަރު އަލް ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ ވީއައިޕީ ކޮޓަރިއެއްގެ އެތެރެ.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ ވީއައިޕީ ކޮޓަރިއެއްގެ އެތެރެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ހުންނެވި ފަސް ތަރީގެ ހޮޓަލުގައި މިހާރު ތިބި މެހްމާނުންނަކީ ޝާހީ ގައިދީންނެވެ. ނިއު ޔޯކް ޓައިމްސް އިން އާއްމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯލްރޫމް ބީގައި ކުލަގަދަ ރަޖާތައް އަޅާފައިވާ އިރު ސައުދީ ސަލާމަތީ އޮފިޝަލުން އެ ތަނުގައި ހަރަކާތްތެރިވެ އެވެ. އަދި އެއް ކަނެއްގައި ބަޑިއެއް ބަހައްޓާފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ ގާޑުންގެ ވަގުތީ ބެރެކްސްއެކެވެ. އަދި ވީއައިޕީ ގައިދީން ބައިތިއްބާފައި ވަނީ ހޮޓަލުގެ 492 ކޮޓަރީގައި ކަމަށް ބެލެވެ އެވެ. އެމެރިކާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ޕްރިންސުންނާ އެކު 500 ވަރަކަށް މީހުން ވަނީ ބަންދުކޮށްފަ އެވެ.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ އެތެރެ.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ އެތެރެ.

ހޮޓަލުގެ ރިޒަވޭޝަން ވަނީ އަންނަ މަހުގެ 16 އާ ހަމައަށް ބަންދުކޮށްފަ އެވެ. ހޮޓަލުގައި ތިބި ގެސްޓުންނަށް އެ މީހުންގެ ލަގޭޖާ އެކު ލޮބީ އަށް ނުކުމެ ތިބުމަށް ހޮނިހިރު ދުވަހު އެންގި ކަމަށް ގާޑިއަން ނޫހުން ބުނެފައިވެ އެވެ. އޭގެ ފަހުން އެ މީހުން ވަނީ ރިޔާޒުގެ އެހެން ހޮޓާތަކަށް ބަދަލުކޮށްފަ އެވެ.

ސައުދީގެ ވެރިރަށް ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓެލްގެ ޕޫލް.

ސައުދީގެ ވެރިރަށް ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓެލްގެ ޕޫލް.

ސައުދީ ސީނިއާ އޮފިޝަލަކު ބުނި ކަމަށް ގާޑިއަނުން ބުނެފައި ވަނީ ޝާހީ އާއިލާގެ މެންބަރުން ޖަލަށް ނުލާނެ ކަމަށެވެ. އަދި އެހެންވެ އެ މީހުން ފަސް ތަރީގެ ހޮޓަލެއްގައި ބޭތިއްބުމަކީ އެންމެ އެކަށީގެންވާ ހައްލު ކަމަށް ބުނެފައިވެ އެވެ. ގާތްގަނޑަކަށް 62،000 އަކަ ފޫޓުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގައި ހަ ރެސްޓޯރެންޓާއި ޕޫލާއި ސްޕާ ހިމެނެ އެވެ.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ ރެސްޓޯރެންޓް.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ ރެސްޓޯރެންޓް.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ ލޮބީ އޭރިޔާ.

ރިޔާޒުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގެ ލޮބީ އޭރިޔާ.