Roadha Mihaaru
ސައުދީ ޕްރިންސުންނަށް ހިމާޔަތް ދޭން ހޫތީން ހުށަހަޅައިފި

ސައުދީ ޕްރިންސުންނަށް ހިމާޔަތް ދޭން ހޫތީން ހުށަހަޅައިފި

08 ނޮވެމްބަރ 2017

ސަންއާ (ނޮވެމްބަރު 8) - ސައުދީ ސަރުކާރުން ހައްޔަރު ކުރަން އުޅޭ ޕްރިންސުންނަށް ސިޔާސީ ހިމާޔަތް ދޭން ތައްޔާރު ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސަންއާ (ނޮވެމްބަރު 8) - ސައުދީ ސަރުކާރުން ހައްޔަރު ކުރަން އުޅޭ ޕްރިންސުންނަށް ސިޔާސީ ހިމާޔަތް ދޭން ތައްޔާރު ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް ބުނެ ސައުދީގައި ހޮނިހިރު ދުވަހު ވަނީ 11 ޕްރިންސުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު އަލް ވަލީދު ބިން ތަލާލް ހިމެނެ އެވެ.

ހޫތީ ލީޑަރަކު އަލް ޖަޒީރާ އަށް ބުނީ ސައުދީ ޕްރިންސަކު ނުވަތަ އެ ގައުމުގެ އެއްވެސް ރައްޔިތަކު ހިމާޔަތް ބޭނުންވާ ނަމަ ޔަމަނުން އެ ފުރުސަތު ދޭނެ ކަމަށެވެ.

"ސައުދު އާއިލާގެ ކޮންމެ މެންބަރަކަށް ނުވަތަ ސައުދީ ކޮންމެ ރައްޔިތަކަށް ޔަމަނުން ހިމާޔަތް ދޭނަން. މިއީ 100 ޕަސެންޓް އިޚްލާސްތެރި ހުށަހެޅުމެއް. މި ހާލަތުގައި އެއްވެސް ސިޔާސީ ފައިދާއެއް ނަގަން ހޫތީން ބޭނުމެއް ނުވޭ،" ހޫތީން ހިމެނޭ ރިވޮލިއުޝަނަރީ ކޮމިޓީގެ ރައީސް މުހައްމަދު އަލީ އަލް ހޫތީ ވިދާޅުވި އެވެ.

ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ވިދާޅުވީ ސައުދީ ސަރުކާރުން އަނިޔާ ލިބޭ ކޮންމެ ރައްޔިތަކަށް ޔަމަނުން ރައްކާތެރިކަން ދޭނެ ކަމަށެވެ.

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީ ކޯލީޝަނުންދޭ ވައިގެ ހަމަލާތަކުގެ އިސް މޭސްތިރިއަކީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ.