ވާޖިނިއާ (ނޮވެމްބަރު 20) - އެމެރިކާގެ ސްކޫލެއްގެ ޓީޗަރަކު މުސްލިމް ދަރިވަރެއްގެ ބުރުގާ ބޭލުމުން އެކަމުގެ ޝަކުވާ ކޮށްފި އެވެ.
20 ނޮވެމްބަރ 2017
ވާޖިނިއާ (ނޮވެމްބަރު 20) - އެމެރިކާގެ ސްކޫލެއްގެ ޓީޗަރަކު މުސްލިމް ދަރިވަރެއްގެ ބުރުގާ ބޭލުމުން އެކަމުގެ ޝަކުވާ ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވާޖީނިއާގެ ލޭކް ބްރެޑޮކް ހައި ސްކޫލްގެ ޓީޗަރު މުސްލިމް ދަރިވަރުގެ ބުރުގާ ބާލުވާފައި ވަނީ ރަހުމަތްތެރިންތަކަކާ އެކު ތިއްބަ އެވެ. ދަރިވަރު ޓްވީޓްކުރި ގޮތުގައި އޭނާގެ ބުރުގާ އަށް ދަމައިގަތުމަށް ފަހު ޓީޗަރު ވަނީ އިސްތަށިގަނޑާ ކުޅެފަ އެވެ. ދަރިވަރު ފަހުން ވަނީ ފޯނުކޮށްފައި އޭނާގެ ބެލެނިވެރިންނަށް އެކަމުގެ ޝަކުވާ ކޮށްފަ އެވެ.
ޓީޗަރު ބުނި ގޮތުގައި އޭނާ ހީކުރީ ދަރިވަރުގެ ބުރުގާ މަތިން ހުޑެއް އަޅައިގެން ހުރި ކަމަށެވެ. އަދި ހުޑަށް ދަމައިގަތުމުން ބުރުގާ ބޭލުނީ ކަމަށް ޓީޗަރު ބުންޏެވެ.
މި ހާދިސާ އަށް ފަހު މުސްލިމް ޖަމާއަތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ސްކޫލުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ސްކޫލުގެ ޕްރިންސިޕަލް ޑޭވިޑް ތޯމަސް ވިދާޅުވީ ޓީޗަރު ކުރީ ކުރުން އެކަށީގެންނުވާ ވަރުގެ އަމަލެއް ކަމަށާއި އަދި އެ ޓީޗަރު ވަނީ ދަރިވަރާއި އާއިލާގެ ކިބައިން މައާފަށް އެދިފައި ކަމަށެވެ.
އީރާންގެ މުޒާހަރާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު
އެމެރިކާގެ ކޮންގްރެސްގައި މުސްލިމުންނަށް ބުރުގާ އެޅޭނެ
ބުރުގާ ބާލަން އެންގުމުން ބަދަލަކަށް 85000 ޑޮލަރު
އެމެރިކާގެ އަގުބޮޑު 7 ޑްރޯން ޔަމަންގައި "ގެއްލިއްޖެ"
އެމެރިކާގެ ހަމަލާތަކުގައި ޔަމަނުން 68 މީހަކު މަރު
ޗައިނާގެ މުދަލުން ޓެރިފް ކުޑަކުރަން ޓްރަމްޕު ނިންމައިފި
ހާވާޑުން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި
ޓްރަމްޕް ހުވާކުރި ރަސްމިއްޔާތުން 239 މިލިއަން ލިބުނު
އަސްކަރީ ސިއްރުތައް ޕެންޓަގަންގެ ވެރިޔާގެ އަނބިމީހާއަށް
ޔަމަނަށް އެމެރިކާގެ އަނިޔާ ބޮޑު ދުވަހެއް، 74 މަރު