Roadha Mihaaru
އެމެރިކާގެ ކޮންގްރެސްގައި މުސްލިމުންނަށް ބުރުގާ އެޅޭނެ

އެމެރިކާގެ ކޮންގްރެސްގައި މުސްލިމް މެންބަރުންނަށް ބުރުގާ އެޅޭ ގޮތް ހަދައިފި

06 ޖެނުއަރީ 2019

ވޮޝިންޓަން (ޖެނުއަރީ 6) - އެމެރިކާގެ ކޮންގްރެސްގެ ދަށުގޭގައި މުސްލިމް މެންބަރުންނަށް ބުރުގާ އެޅޭ ގޮތަށް ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 6) - އެމެރިކާގެ ކޮންގްރެސްގެ ދަށުގޭގައި މުސްލިމް މެންބަރުންނަށް ބުރުގާ އެޅޭ ގޮތަށް ފާސްކޮށްފި އެވެ.

ގާތްގަނޑަކަށް 181 އަހަރަށް ފަހު މި ގޮތަށް ފާސްކުރީ ހައުސްގެ 234-197 ވޯޓުންނެވެ. އެ ގޮތަށް ފާސްކުރި އިރު ޑިމޮކްރެޓިކް ޕާޓީން މި ފަހަރު ވަނީ މުސްލިމް ދެ އަންހެނަކު ކޮންގްރެސް އަށް ހޮވިފަ އެވެ. މީގެ ތެރޭން މިނެސޮޓާގެ ގޮނޑިއަށް އިންތިޚާބުވި އިލްހާން އުމަރަކީ ބުރުގާ އަޅާ މީހެކެވެ. މުސްލިމް އަނެއް މެންބަރަކީ މިޝިގަންގެ ގޮނޑި ތަމްސީލް ކުރާ ރާޝިދާ ތަލީބެވެ.

މުސްލިމް އަންހެން މެންބަރު އިލްހާން އުމަރު ކޮންގްރެސްގައި.

މުސްލިމް އަންހެން މެންބަރު އިލްހާން އުމަރު ކޮންގްރެސްގައި.

ޓްވިޓާގައި އިލްހާން ވިދާޅުވެފައި ވަނީ ބުރުގާ އެޅުން 181 އަހަރަށް މަނާވެފައި އޮތް އޮތުން، ކޮންގްރެސްގެ ވޯޓާ އެކު ނިމުމަކަށް އައުމުގެ އިތުރުން 116 ވަނަ ކޮންގްރެސް ވެގެންދާނީ އެންމެންގެ ވެސް ބައިވެރިވުން ބޮޑު މަޖިލީހަކަށް ކަމަށެވެ.

"އަޅުގަނޑަށް މަރުހަބާ ކީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އިލްހާން ވިދާޅުވި އެވެ.

ކޮންގްރެސްގައި ދެން ހިމެނޭ މުސްލިމް އަންހެން މެންބަރު ރާޝިދާ ތަލީބް

ކޮންގްރެސްގައި ދެން ހިމެނޭ މުސްލިމް އަންހެން މެންބަރު ރާޝިދާ ތަލީބް

ކޮންގްރެސްގައި ބުރުގާ އެޅުން މަނާކޮށްފައި ވަނީ 1837 ވަނަ އަހަރު ކަމަށްވެ އެވެ. އޭރު އެގޮތަށް ނިންމާފައި ވަނީ ކޮންގްރެސްގައި މާބޮޑު ބަހުސެއް ކުރުމެއް ނެތި ކަމަށް ވެސް ވެ އެވެ.

މުސްލިމް ދެ އަންހެނުންނާއި އެކު ކޮންގްރެސްގެ ދަށު ގޭގައި މުސްލިމުންގެ އަދަދު ތިނަކަށް އަރާނެ އެވެ. އިންޑިއާނާ ސްޓޭޓުގެ ޑިމޮކްރެޓިކް ޑިސްޓްރިކްޓުގެ ގޮނޑި ވެސް ތަމްސީލް ކުރާނީ މުސްލިމް މެންބަރު އަންދަރު ކާލްސަން އެވެ.