04 އޮކްޓޯބަރ 2022
އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ، އެމެރިކާ އާއި އިޒްރޭލު އަޑީގައި އޮވެގެން ބަޔަކު ލައްވައި ދުރާލައި ރާވައިގެން ހިންގާ ހަރަކާތްތަކެއް ކަމަށް، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިއްޔެ ތުހުމަތު ކުރައްވައިފި އެވެ.
އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ، އެމެރިކާ އާއި އިޒްރޭލު އަޑީގައި އޮވެގެން ބަޔަކު ލައްވައި ދުރާލައި ރާވައިގެން ހިންގާ ހަރަކާތްތަކެއް ކަމަށް، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިއްޔެ ތުހުމަތު ކުރައްވައިފި އެވެ.
އީރާންގެ އާންމުން މުޒާހަރާ ކުރަން ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
Shooting directly at protesters/people in Tehran... This is just surreal...blind and cruel crackdown!#MahsaAmini #IranProtests2022 #مهسا_امینی pic.twitter.com/FOCaRiHpi5
— Omid Memarian (@Omid_M) October 3, 2022
ޚާމަނާއީ ތުހުމަތު ކުރެއްވި ގޮތުގައި އީރާންގެ އެތެރޭގައި ހަމަނުޖެހުން އުފައްދައިގެން އެމެރިކާ އާއި އިޒްރޭލުން މަސައްކަތް ކުރަނީ، އީރާނުން ހޯދަމުން އަންނަ ކުރިއެރުންތައް ހުއްޓުވުމަށެވެ. އަދި މިހާރު އެ ގައުމުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަކީ، މިދިޔަ އަހަރުތަކުގެ ތެރޭގައި އެ ގައުމުގައި ކުރާ އެންމެ ބޮޑު މުޒާހަރާ ކަމަށް ވެސް ޚާމަނާއީ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ، މިހާރު މި ހިންގާ ހަމަނުޖެހުންތަކާއި އަމަން ނަގައިލުމުގެ ޙަރަކާތްތަކަކީ، އެމެރިކާ އާއި ވަހްމީ ސަހްޔޫނީ އިސްތިއުމާރީ ވެރިކަމުގެ (އިޒްރޭލު) ފަރާތުން ރާވައިގެން ހިންގާ ކަންތައްގަނޑެއް. އަދި އެކަމުގައި އެމީހުންނާ ބައިވެރިވަނީ އެ ފަރާތްތަކުން މާލީ މަންފާ ލިބޭ މީހުންނާއި، ގައުމުން ބޭރުގައި ދިރިއުޅޭ އީރާނުގެ ޣައްދާރުން،" ވެރިރަށް ތެހެރާންގައި ހުންނަ އަސްކަރީ ޔުނިވަސިޓީން ދަރިވަރުވި ސިފައިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޚާމަނާއީ އިއްޔެ ވިދާޅުވި އެވެ.
Students at Ferdowsi University in the conservative city of Mashhad in Iran take off their hijabs chanting “freedom.” Please stand with the people of Iran on this International Day of Action for Iran and amplify their calls for freedom. #MahsaAmini #مهسا_امینی #IranProtests2022 pic.twitter.com/7v3tyeK2zz
— Dr. Nina Ansary (@drninaansary) October 1, 2022
އޭނާ ވިދާޅުވީ ތަހުގީގަށް ހައްޔަރުކުރި އަންހެނަކު މަރުވި ހާދިސާއަކީ ވަރަށް ހިތާމަވެރިކޮށް ހިނގި ހާދިސާއެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އުފެދިގެން އުޅެނީ އާދައިގެ ކަންތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިތާމަވެރި ހާދިސާއެއް މެދުވެރި އަންހެނަކު މަރުވުމުން އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑު ހިތާމައެއް ލިބުނު. އެކަމަކު އެ މަރުގެ ތަހުގީގު ވެސް ނުނިމެނީސް، އެކަމާ ދެކޮޅު ހަރަކާތްތައް ފެށިއްޖެ. ބަޔަކު މީހުން މަގުތަކަށް ނުކުމެއް މުޖްތަމައުގެ އަމާންކަން ނަގާލައިފި. ގުރުއާން އަންދާލައި، ބުރުގާ އަޅައިގެން ތިބި އަންހެނުން ބުރުގާތައް ބާލައިފި. އަދި މިސްކިތްތަކުގައި ހުޅުޖަހައި، ކާރުތަކުގައި ވެސް ހުޅުޖަހައިފި. އެއީ އާދައިގެ ކަމެއް ނޫން. މަރަކާ ގުޅިގެން އާންމު ގޮތެއްގައި މީހުންގެ ނުރުހުން ފާޅުކުރާ ގޮތެއް ނޫން."
އޮކްޓޫބަރު 3، 2022: އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އަސްކަރީ ޔުނިވަސިޓީން ދަރިވަރުވި ސިފައިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި. އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަސްކަރިއްޔާގެ އިސް އޮފިސަރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ
މަހްސާ (ޒީނީ) އަމީނީގެ މަރުގެ މައްސަލައިގައި އާންމުން ކުރަމުން ދާ މުޒާހަރާތައް ހުއްޓުވުމަށް އީރާންގެ ސިފައިންނާއި ފުލުހުން ދަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންނެވެ. ކަރުނަގޭހާއި މުގުރު ބޭނުންކުރުމުގެ އިތުރުން، މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ބަޑިޖަހަމުންދެ އެވެ.
އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ އިން ބުނި ގޮތުގައި، މުޒާހަރާތައް މައިތިރި ކުރުމަށް ފުލުހުން ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް މަދުވެގެން 133 މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ފުލުހުން ވަނީ އެތައް ސަތޭކަ އަންހެނުން ހައްޔަރުކޮށް ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށްފައި ކަމަށް، އެ ޖަމިއްޔާ އިން ބުނެ އެވެ.
"ހަމަނުޖެހުމާއި ޓެރަރިޒަމްގެ މައި ޝައިތޯނަކީ އެމެރިކާ"
އިޒްރޭލުގެ ހަމަލާގައި ހިސާބު ޖެހުން ނުބައި: ޚާމަނާއީ
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު އިރާނުން ހިފާނެ
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ
ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގިން: އީރާން
އިޒްރޭލަށް ހަމަލާ ދީފާނެ، ކާމިޔާބެއް ނުވާނެ: ބައިޑެން
އީރާންގައި ބޮން ގޮއްވައި 100 އަށްވުރެ ގިނަ މަރު
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް