އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި ފެނުނު ނަމަ ހަމަލާދީ އަވަހާރަކޮށްލާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނެފި އެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި ފެނުނު ނަމަ ހަމަލާދީ އަވަހާރަކޮށްލާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނެފި އެވެ.
"އޭނާ އަހަރެމެންނަށް ފެނުނު ނަމަ ހަމަލާ ދޭނަން،" އިޒްރޭލުގެ ދައުލަތުގެ ރޭޑިއޯ "ކާން" އަށް ދިން އިންޓަވިއުއެއްގައި ކާޒް ބުންޏެވެ.
އޭނާ ބުނީ އިޒްރޭލުގެ އަސްކަރިއްޔާއިން ޚާމަނާއީ ހޯދަން "ވަރަށް ބޮޑަށް މަސައްކަތްކުރި" ކަމަށެވެ.
"ޚާމަނާއީއަށް މިކަން އެނގޭތީ ވަރަށް ފުން ބިންގަރާހަކަށް ވަދެ ހުރިހާ ކޮމާންޑަރުންނަށް މުއާސަލާތްތައް ކަނޑާލި ... އެހެންވެ އެކަން ނުވީ،" ކާޒް ބުންޏެވެ.
ބުރާސްފަތި ދުވަހު އިޒްރޭލުގެ ޓީވީ ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި ކާޒް ބުނީ ޚާމަނާއީ އަވަހާރަކޮށްލަން ކުރާ މަސައްކަތް ހުއްޓާލާނެ ކަމަށާއި އެއީ "ހަނގުރާމަ ހުއްޓާލުމުގެ ކުރިންނާއި ހަނގުރާމަ ހުއްޓާލުމަށް ފަސް ތަފާތުވާތީ" ކަމަށެވެ. އޭނާ ބުނީ ހަނގުރާމައިގެ ތެރޭގައި ނަމަ ޚާމަނާއީއަށް "ދުނިޔޭގައި ހުރުމުގެ ފުރުސަތު ނޯންނާނެ" ކަމަށެވެ.
ކާޒް މިހެން ބުނެފައި ވާއިރު ޚާމަނާއީ އަވަހާރަކޮށްނުލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކަން ނުކުރަން އެންގުމުން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
މިހެން ބުނުމަށް ފަހު ކާޒް ވަނީ ޚާމަނާއީ އަދިވެސް ބިންގަރާހުގައި އުޅުއްވުން ބުއްދިވެރިވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ކާޒް ބުނީ އިޒްރޭލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮން އަޅައި އަވަހަރާކޮށްލި، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަށް ދިމާވި ގޮތުގެ ފިލާވަޅު ޚާމަނާއީ ދަސްކުރައްވަންޖެހޭނެ ކަމަށެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އީރާނުން ބޭރަށް ވަޑައިގެންފައިނުވާ ޚާމަނާއީގެ ކޮންމެ ހަރަކާތަކީ ސަލާމަތީ ގޮތުން އެންމެ ސިއްރު ކަންކަމުގެ ގޮތުގައި އީރާނުން އޮންނަނީ ކަނޑައަޅައިފަ އެވެ.
ކާޒް ބުނީ އީރާންގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އިޒްރޭލަށް މިހާރުވެސް އެބަ އޮތް ކަމަށާއި އަދިވެސް ހަމަލާދޭން ޖެހިއްޖެ ނަމަ ވަގުތުން ހަމަލާދޭނެ ކަމަށެވެ. އިޒްރޭލުން 12 ދުވަސް ވަންދެން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ ތަންތަނަށް ހަމަލާދިން ނަމަވެސް މިހާތަނަށް ހާމަވެފައިވާ ޖާސޫސީ އެސެސްމަންޓްތަކުން ދައްކަނީ ނިއުކްލިއާ މަޝްރޫއުއަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށެވެ. -- އޭއެފްޕީ
ޚާމަނާއީ: ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއްނެތް
"ޒަޔަނިސްޓް ދުޝްމަނުންނަށް" އަދަބު ދޭނަން: ހާމަނާއީ
ހާމަނާއީ އަވަހާރަކޮށްލައިފިނަމަ ރަޝިއާ މަޑަކުން ނޯންނާނެ
ސައްދާމަށް ވީގޮތް ހާމަނާއީއަށް ވެދާނެކަމުގެ އިންޒާރުދީފި
"ޣައްޒާއިން އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިކޮށްފި"
އިޒްރޭލުގެ ހަމަލާގައި ހިސާބު ޖެހުން ނުބައި: ޚާމަނާއީ
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު އިރާނުން ހިފާނެ
އީރާންގެ މުޒާހަރާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު
ނައްތާލަން ޖެހެނީ އިޒްރޭލް، މީހުންނެއް ނޫން: ޚާމަނާއީ