17 ނޮވެމްބަރ 2019
ތެހެރާން (ނޮވެމްބަރު 17) - ނައްތާލަން ޖެހެނީ އިޒްރޭލުގެ ދައުލަތް ކަމަށާއި އެ ތަނުގައި ދިރިއުޅޭ ޔަހޫދީން ނޫން ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (ނޮވެމްބަރު 17) - ނައްތާލަން ޖެހެނީ އިޒްރޭލުގެ ދައުލަތް ކަމަށާއި އެ ތަނުގައި ދިރިއުޅޭ ޔަހޫދީން ނޫން ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އިޒްރޭލް ނައްތާލަން ގޮވާލެއްވުމުން ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އިސްލާމީ ގައުމުތަކުގެ އޮފިޝަލުންނާ އެކު ތެހެރާނުގައި ބޭއްވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވީ ނައްތާލަން ޖެހެނީ އިޒްރޭލުގެ ދައުލަތް ކަމަށެވެ. އަދި އިޒްރޭލުގައި އުޅޭ ޔަހޫދީންނާ މެދު މާބޮޑު މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އިޒްރޭލް ނައްތާލަން ބުނުމުގެ މާނައަކީ ޔަހޫދީން ނައްތާލުމެއް ނޫން. އިޒްރޭލުގެ ބިމާ މެދު ގޮތެއް ނިންމާނީ ފަލަސްތީނުގެ ހުރިހާ ދަރިކޮޅެއްގެ މީހުންނާއި ޔަހޫދީންނާއި ކްރިސްޓިއަނުން އަދި މުސްލިމުން. އެ މީހުންގެ އަމިއްލަ ސަރުކާރެއް އިޚްތިޔާރުކޮށް (ބެންޖަމިން) ނަތަންޔާހޫ ކަހަލަ މީހުން ބޭރު ކުރަން ޖެހޭ،" އިޒްރޭލުގެ ބޮޑު ވަޒީރަށް އިޝާރާތް ކުރައްވައި ޚާމަނާއީ ވިދާޅުވި އެވެ.
ދައުލަތެއްގެ ގޮތުގައި އީރާނުން އިޒްރޭލް ބަލައިގެންފައެއް ނުވެ އެވެ. އަދި އީރާނުން ތާއީދު ކުރަނީ ފަލަސްތީނަށެވެ.
"އަޅުގަނޑުމެން ތާއީދު ކުރަނީ ފަލަސްތީނާއި އެ ގައުމުގެ މިނިވަން ކަމަށް،" ޚާމަނާއީ ވިދާޅުވި އެވެ.
ޚާމަނާއީ ވިދާޅުވީ އިސްލާމް ދީނާ އިދިކޮޅު އިޒްރޭލާއި އެމެރިކާ އިން ދަނީ އިސްލާމީ ގައުމުތައް ބައިބައިކުރަން މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެކަމަށް ހުރިހާ އިސްލާމީ ގައުމުތައް ފަރުވާތެރިވެ ތިބުމަށް ގޮވާލެއްވި އެވެ.
އިޒްރޭލުގެ ހަމަލާގައި ހިސާބު ޖެހުން ނުބައި: ޚާމަނާއީ
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު އިރާނުން ހިފާނެ
އީރާންގެ މުޒާހަރާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
"އީރާންގެ ނިއުކްލިއާ ކޮމްޕޮނެންޓަކަށް ހަމަލާދިން"
އީރާނުން "ދިފާއީ ބިންގަރާސް" ހަދަނީ
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
އީރާނަށް ދިން ހަމަލާގެ މަގްސަދު ހާސިލްވި: ނަތަންޔާހޫ