އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިނާ މެދު ކަންތައް ވީގޮތަށް، އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަށް ވެސް ވެދާނެ ކަމުގެ އިންޒާރު އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް މިއަދު ދީފި އެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިނާ މެދު ކަންތައް ވީގޮތަށް، އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަށް ވެސް ވެދާނެ ކަމުގެ އިންޒާރު އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް މިއަދު ދީފި އެވެ.
ކަޓްޒް ބުނީ އިޒްރޭލާ ދެކޮޅަށް ސައްދާމް ނުކުމެވަޑައިގަތުމުން، އޭނާ ނިމިގެން ދިޔަ ގޮތް ހަނދާން ކުރަންޖެހޭ ކަމަށެވެ. ހާމަނާއީ ނިމިގެންދާނީ ސައްދާމް ނިމިގެން ދިޔަ ގޮތަށް ކަމަށް ކަޓްޒް އިޝާރާތް ކުރި އެވެ.
"އިޒްރޭލާ ދެކޮޅަށް އަމަލުތައް ބެހެއްޓި އިރާނު އަވަށްޓެރި ގައުމުގެ [އިރާގު] ޑިކްޓޭޓަރަށް ވީ ކިހިނެއްކަން ހަނދާން ކުރޭ،" ކަޓްޒްއާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.
"ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި އިސްރާއީލުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް ކުރިއަށް އީރާނުގެ ހުދުމުހުތާރު ވެރިޔާ އަށް އިންޒާރު ކުރަން. އެހެން ނޫނީ ހަމަ އެއްކަހަލަ ގޮތެއް ވެދާނެ."
ގަސްދުގައި މީހުން މެރުމާއި އިންސާނިޔަތާ ހިލާފު ޖަރީމާ ހިންގި ކަމަށް ބުނެ ޝަރީއަތް ކުރުމަށް ފަހު، އެމެރިކާ އިސްވެ އޮވެ، ޑިސެމްބަރު 2006 ގައި ސައްދާމް ވަނީ ދަންޖައްސައި އަވަހާރަ ކޮށްލައިފަ އެވެ.
އިރާނަށް މިހާރު ދެމުންދާ ހަމަލާތަކުގައި ހާމަނާއީ އަވަހާރަ ކޮށްލުމުގެ ފުރުސަތު އިޒްރޭލަށް ލިބުނު ކަމަށް ރޮއިޓަސްއިން ރިޕޯޓް ކުރި އެވެ. އެކަމަކު އެކަން ނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމާ ބެހޭގޮތުން އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޮކްސް ނިއުސް އިން ސުވާލު ކުރުމުން އޭނާ ބުނީ އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އިއްޔެ އޭނާ ބުނީ ހާމަނާއީއަކީ "ފަސޭހަ ޓާގެޓެއް" ކަމަށެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ވެސް އިއްޔެ ވިދާޅުވީ ހާމަނާއީ ވީ ކޮންތަނެއްގައިކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އެންމެ އިސް ލީޑަރު ކަމަށް ބުނާ ލީޑަރު ވީ ކޮންތާކުކަން،" ޓްރަމްޕް ވިދާޅުވި އެވެ.
އިޒްރޭލުން ހޯމަ ދުވަހުގެ ރޭ އަވަހާރަކޮށްލި އިރާނުގެ އެންމެ އަސްކަރީ ކޮމާންޑަރު އަލީ ޝަދްމާނީއަކީ ހާމަނާއީގެ އެންމެ އަރިސް އެއް އޮފިޝަލެވެ.
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު އިރާނުން ހިފާނެ
އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި
އިރާނުގެ މިސައިލެއް އިޒްރޭލްގެ ހޮސްޕިޓަލަކަށް!
އިރާނުން މިސައިލް ހަމަލާތަކުގެ އަދަދު މަދުކޮށްފި
ހާމަނާއީގެ ވަރުގަދަ އިންޒާރެއް އިޒްރޭލާއި އެމެރިކާއަށް!
އިޒްރޭލަށް މިހާ އުނދަގޫ ދުވަސްވަރެއް ކުރިއަކުން ނާދޭ
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް