އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދެން ފެށި ހަމަލާތަކުގައި އެ ގައުމުގެ ތިން ހޮސްޕިޓަލަކަށް އިޒްރޭލުން ހަމަލާ ދީފި އެވެ.
21 ޖޫން 2025
އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދެން ފެށި ހަމަލާތަކުގައި އެ ގައުމުގެ ތިން ހޮސްޕިޓަލަކަށް އިޒްރޭލުން ހަމަލާ ދީފި އެވެ.
އިރާނުގެ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޖަފަރިއާން ވިދާޅުވީ އިޒްރޭލްގެ ހަމަލާ ތިން ހޮސްޕިޓަލަކަށް އަމާޒުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހަރްމަންޝާހް ހޮސްޕިޓަލަށް ބޮޑެތި ގެއްލުން ދިނުމުން، އެ ހޮސްޕިޓަލް މުޅިން ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތިން ހޮސްޕިޓަލަކީ ސީދާ އާންމުންނަށް ފަރުވާ ދިނުމަށް ހާއްސަ ތިން ހޮސްޕިޓަލް. ޑަބްލިއުއެޗްއޯ އާއި އިންޓަނޭޝަނަލް ރެޑްކްރޮސް އޮގަނައިޒޭޝަނުން އިޒްރޭލަށް ޕްރެޝަރުކުރަން ޖެހޭ އާންމުންނަށް ހަމަލާ ދޭއިރު،" ޖަފަރިއާން ވިދާޅުވި އެވެ.
"އެކަމަކު އެ އިދާރާތަކުން އެކަން ކުރާނެ ކަމަކަށް ވެސް އަހަރެމެން އުއްމީދެއް ނުކުރަން. ޣައްޒާ އަށް އެހެން ހެދި އިރު ކަމެއް ނުކުރި އިދާރާތަކަށް މިކަމުގައި ކަމެއް ކުރާނެކަމަކަށް އުއްމީދެއް ނުކުރަން."
އިޒްރޭލްގެ އަސްކަރިއްޔާއަކީ ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމުގެ ހުތުރު ތާރީހެއް އޮތް ލަޝްކަރެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިރާނުގެ ހަމަލާއެއް އިޒްރޭލްގެ ބީރްޝެބާގައި ހުންނަ ހޮސްޕިޓަލަކަށް ވެސް އަމާޒުވި އެވެ.
އިރާނުން ބުނީ އެ ހޮސްޕިޓަލަށް ހަމަލާ އަމާޒުވީ އެ ހޮސްޕިޓަލާ އިންވެގެން ހުންނަ އަސްކަރީ މަރުކަޒަކަށް ހަމަލާ ދިނުމުގެތެރޭގައި ކަމަށެވެ. އެ ހޮސްޕުޓަލަށް ގެއްލުންވީ އަސްކަރީ މަރުކަޒަށް އަމާޒު ކުރި މިސައިލްގެ ޝޮކްގެ އަސަރުތަކުން ކަމަށް އިރާނުން ބުންޏެވެ.
އިޒްރޭލުން މިއަދު ވަނީ އިރާނުގެ އިސްފަހާނުގައި ހުންނަ ނިއުކްލިއަ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި އިރާނުން ގިނައިން މަރުވެފައި ވަނީ އާއްމުންނެވެ. އިރާނުގެ 650 އަށް ވުރެ ގިނަ މީހުން އިޒްރޭލުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 400 އަށް ވުރެ ގިނަ އާއްމުން ހިމެނެ އެވެ.
އިޒްރޭލްގެ ސްޓްރެޓެޖިކް 10 ތަނަކަށް އިރާނުގެ ހަމަލާ
އިރާނުގެ އިތުރު ކޮމާންޑަރެއްވެސް އިޒްރޭލުން މަރާލައިފި
އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި
އިރާނުން މިސައިލް ހަމަލާތަކުގެ އަދަދު މަދުކޮށްފި
އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލަތާކެއް، 3 މަރު
އިރާނުގެ ޑިފެންސް މިނިސްޓްރީއަށް ވެސް އިޒްރޭލުގެ ހަމަލާ
އިޒްރޭލްގެ ދިފާއީ އައްޑަނަތައް އިރާނުން ފޫއަޅުވާލައިފި
ހާމަނާއީ އަވަހާރަކޮށްލައިފިނަމަ ރަޝިއާ މަޑަކުން ނޯންނާނެ