އިރާނުން އިޒްރޭލްގެ ސަރަހައްދުތަކަށް އަމާޒުކޮށް ރޭ ދިން މިސައިލް ހަމަލާތަކުގެ އަދަދު މަދުކޮށްފި އެވެ.
އިރާނުން އިޒްރޭލްގެ ސަރަހައްދުތަކަށް އަމާޒުކޮށް ރޭ ދިން މިސައިލް ހަމަލާތަކުގެ އަދަދު މަދުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އިޒްރޭލުން އިސްވެ، އިރާނަށް ހަމަލާ ދިނުމުން ރައްދުގައި އިރާނުން މިސައިލުން ހަމަލާ ދޭން ފެށި އެވެ. އެ ހަމަލާތަކުގައި ރެޔަކީ ހަމަނުޖެހުންތައް ފެށުނު ފަހުން ވެސް އިރާނުން އެންމެ މަދުން ހަމަލާ ދިން ރެ އެވެ.
އިރާނުން ރޭ ފޮނުވާލީ ކިތައް މިސައިލްކަން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުގައި އިރާނުން ރޭ ފޮނުވާލީ ނިސްބަތުން މަރު މިސައިލް ތަކެކެވެ.
އެކަމަކު އިޒްރޭލުން ބުނިގޮތުގައި، އިރާނުގެ މިސައިލް ހަމަލާތަކުގެ އަދަދު މަދުވީ އިރާނުގެ މުހިންމު ތަންތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި އިރާނުގެ އަސްކަރީ މަރުކަޒުތައް ފުނޑުފުނޑުކޮށްލުމުންނެވެ.
އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި، އިރާންގެ ވެރިރަށް ތެހެރާންގައި ހުންނަ ސެކިއުރިޓީ މުހިންމު މަރުކަޒެއް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުންޏެވެ.
އެ ގައުމުން ބުނީ، އެއްފަހަރާ ގިނަ އަދަދެއްގެ މިސައިލް ފޮނުވާލުމުގައި އިރާނުގެ ކިބައިގައި ކުރިން ހުރި ގާބިލުކަން އިޒްރޭލުން ފުނޑުފުނޑުކޮށްލަފައިވާ ކަމަށެވެ.
"ނޫނީ ދިގުދެމިގެންދާ ކުރިމަތިލުމަކަށް ތައްޔާރުވާން އިރާނުން މިސައިލްތައް ފަހަށް ރައްކާ ކުރަނީ،" އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ނޫސް އެޖެންސީތަކުން ބުންޏެވެ.
އިރާނުން ރޭ ދިން ހަމަލާތަކުގެ ތެރެއިން 14 މިސައިލެއް އިޒްރޭލުން އަޔަން ޑޯމް ސިސްޓަމުން ވައްޓާލި ކަމަށް އިޒްރޭލުން ބުނެ އެވެ. އިރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުން ފޮނުވާލި ބައެއް ޑްރޯންތައް އިރާނުގެ ދިފާއީ އައްޑަނައިން ވެސް ވަނީ ވައްޓާލައިފަ އެވެ.
އެކަމަކު ރޭ ވެސް އިޒްރޭލުގެ ހަމަލާތަކުގައި އިރާނުން މީހުން މަރުވި އެވެ. އިޒްރޭލްގެ ހަމަލާތަކުގައި މިހާތަނަށް އިރާނުން މަރުވި މީހުންގެ އަދަދު ވަނީ 639 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 263 އާންމުން ވެސް ހިމެނެ އެވެ. އަދި އިރާނުގެ ސެކިއުރިޓީ އޮފިސަރުންގެ ތެރެއިން 154 މީހުން ވެސް އިޒްރޭލުން ވަނީ މަރާލައިފަ އެވެ.
ރޭގެ ހަމަލާތަކުގައި އިރާނުން ޒަހަމްވި މީހުންގެ އަދަދު ވެސް ވަނީ މަތިވެފަ އެވެ. މިހާތަނަށް 1،320 މީހުން ވަނީ ޒަހަމް ވެފަ އެވެ.
އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި
އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލަތާކެއް، 3 މަރު
އިރާނުގެ ޑިފެންސް މިނިސްޓްރީއަށް ވެސް އިޒްރޭލުގެ ހަމަލާ
އިރާނުގެ މިސައިލެއް އިޒްރޭލްގެ ހޮސްޕިޓަލަކަށް!
އިޒްރޭލަށް މިހާ އުނދަގޫ ދުވަސްވަރެއް ކުރިއަކުން ނާދޭ
ސައްދާމަށް ވީގޮތް ހާމަނާއީއަށް ވެދާނެކަމުގެ އިންޒާރުދީފި
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް
އިޒްރޭލުން އިރާނުގެ 580 މީހުން މަރާލައިފި