އިޒްރޭލުން އިރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އެމެރިކާ ވެސް ބައިވެރިވެ އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ރުހުން ދެއްވައިފި އެވެ.
އިޒްރޭލުން އިރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އެމެރިކާ ވެސް ބައިވެރިވެ އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ރުހުން ދެއްވައިފި އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާގޮތުގައި އިރާނަށް އެމެރިކާ އިން ވެސް ހަމަލާ ދިނުމަށް އެކުލަވައިލި ޕްލޭނަށް ޓްރަމްޕް ރުހުން ދެއްވިޔަސް، އެ ޕްލޭން ތަންފީޒު ކުރުމުގެ ހުއްދައެއް އޭނާ އަދި ނުދެއްވަ އެވެ.
އެ ޕްލޭނަށް އެމެރިކާއިން އަމަލު ކުރަން ފަށަން، ޓްރަމްޕް ހުއްދަ ދެއްވާނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ. އެމެރިކާގެ މީޑިއާތަކުން އެ ޚަބަރުތައް އާންމު ކުރަމުން ދިޔަ ނަމަވެސް އެ ގައުމުގެ ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާގެ އަސްކަރީ ބޭސްތައް މެދުއިރުމަތީގެ އެ ސަރަހައްދުގައި މިހާރު ވެސް އެބަހުއްޓެވެ. އެ ސަރައްހައްދުގެ އެކި ގައުމުތަކުގައި ގާއިމު ކޮށްފައިވާ އެ ބޭސްތަކާ އެކު އެމެރިކާގެ 200،000 ސިފައިން އެ ސަރަހައްދުގައި ތިބޭނެކަމަށް ބައެއް މީޑިއާތަކުން އަންދާޒާ ކުރެ އެވެ.
އިޒްރޭލުން އިސްވެ އިރާނަށް ދެން ފެށި ހަމަލާތަކުގައި އެމެރިކާ އަމަލީ ގޮތުން ބައިވެރިވެ ދާނެތޯ އިއްޔެ ޓްރަމްޕާ، ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ފަހަރެއްގައި އެކަން ކުރަން ވެސް ޖެހިދާނެ" ކަމަށެވެ.
"ނޫނީ އެކަން ނުކޮށްވެސް ހިނގައިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު އޭނާ ވިދާޅުވީ އިރާނުގެ ވައިގެ ސަރަހައްދުގެ ހުރިހާ ކޮންޓްރޯލެއް އެމެރިކާ އަށް ލިބިއްޖެ ކަމަށެވެ. އަދި ޝަރުތަކާ ނުލައި އިރާނުން އަމާން ދިނުމަށް ވެސް ޓްރަމްޕް ގޮވާލެއްވި އެވެ.
ޓްރަމްޕްގެ ވާހަކަ އަށް އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ރައްދު ދެއްވައި ވިދާޅުވީ، ގަދަބަދަވިކަން ދައްކައިގެން އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށެވެ. އެ ގައުމުން އަމާން ވެސް ނުދޭނެ ކަމަށް ހާމަނައީ ވިދާޅުވި އެވެ.
އިރާނުގެ ލީޑަރު ވިދާޅުވި ގޮތުގައި އެމެރިކާއިން އިރާނަށް ހަމަލާ ދީފި ނަމަ އޭގެ ބަދަލު އެމެރިކާ އަށް ވެސް އިރާނުން ދޭނެ އެވެ.
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް
އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި
އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި
އިރާނުން މިސައިލް ހަމަލާތަކުގެ އަދަދު މަދުކޮށްފި
އެމެރިކާގެ އަސްކަރީ މަނަވަރެއް މެދުއިރުމައްޗަށް
އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލަތާކެއް، 3 މަރު
"އިޒްރޭލް-އިރާން ހަނގުރާމައަށް އެމެރިކާ ވަދެފާނެ"
އިރާނުގެ ޑިފެންސް މިނިސްޓްރީއަށް ވެސް އިޒްރޭލުގެ ހަމަލާ
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
ޓްރަމްޕުގެ ވެރިކަންނިމެނީ، އީރާނުގެ އިންޒާރު އިޒްރޭލަށް