Roadha Mihaaru

އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި

އިރާނުގެ ނަތަންޒުގައި ހުންނަ ނިއުކްލިއާ ރިއެކްޓަރަކަށް އިޒްރޭލުން މިއަދު ހަމަލާ ދީފި އެވެ.

އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި

އިރާނުގެ ނަތަންޒުގައި ހުންނަ ނިއުކްލިއާ ރިއެކްޓަރަކަށް އިޒްރޭލުން މިއަދު ހަމަލާ ދީފި އެވެ.

އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އެއީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ފެކްޓަރީ އެކެވެ. އެކަމަކު އިރާނުގެ ނިއުކްލިއާ އޮޓޮމިކް އެނާޖީ އޮގަނައިޒޭޝަނުން އިޒްރޭލުގެ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

އެ އިދާރާއިން ބުނިގޮތުގައި، ނިއުކްލިއާ ރިއެކްޓަރުތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނޫތަކާ ހިލާފު އިޒްރޭލުން ކުރި ކުށެކެވެ.

"ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ސާފުކޮށް މަނާކޮށްފައިވާ ކަންކަން. ޒަޔަނިސްޓް ވެރިކަމުން އެ ގާނޫނާ ހިލާފަށް މިއަދު ހެނދުނު ހަމަލާ ދޭން ފެށީ އިރާނުގެ ސުލްހަވެރި ނިއުކްލިއާ ރިއެކްޓަރަށް ސީދާ އަމާޒުކޮށް،" އެ އިދާރާއިން ބުންޏެވެ.

އިރާނުން ކުރިން ވެސް ބުނެފައި ވަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމަށެވެ. ޔުރޭނިއަމް ފައްކާކޮށް، ނިއުކްލިއާ ބޭނުން ކުރަނީ ހަކަތަ އުފެއްދުމަށް ކަމަށް އިރާނުން ބުންޏެވެ.

އިޒްރޭލުން ހަމަލާ ދިން ނިއުކްލިއާ ރިއެކްޓަރު އަންނަ އަހަރު އޮޕަރޭޝަނަށް ގެންނަން އިރާނުން އައީ ތައްޔާރުވަމުންނެވެ. އދ. ގެ ނިއުކްލިއާ އިދާރާ އަށް ވެސް އެ ގައުމުން ވަނީ އެކަން ކުރިން އަންގަފަ އެވެ.

އިރާނުން ބުނީ އެ ނިއުކްލިއާ މަރުކަޒަކީ ބައިނަލްއާގުވާމީ އުސޫލުތަކަށް ފެތޭ "ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމެއް" ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.