Roadha Mihaaru

އިޒްރޭލަށް "ވޭންހުރި ބޮޑެތި ގެއްލުންތަކެއް" އިރާނުން ދީފި: ނަތަންޔާހޫ

އިރާނުގެ ހަމަލާތަކުން ވޭން ހުރި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއްޖެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފި އެވެ.

އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި

އިރާނުގެ ހަމަލާތަކުން ވޭން ހުރި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއްޖެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފި އެވެ.

"އިޒްރޭލަށް އެތައް ގެއްލުންތަކެއް ވެއްޖެ. އަދި އެއީ ވޭން ހުރި ގެއްލުންތަކެއް،" ނަތަންޔާހޫ ކޮންމެ ދުވަހަކު ވީޑިއޯ މެދުވެރިކޮށް ދޭ މެސެޖުގައި ބުނެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓް ކޮށްފައި ވެ އެވެ.

ނަތަންޔާހޫ ބުނީ "އިޒްރޭލަށް އުނދަގޫ މި ދަނޑިވަޅުގައި" އެމެރިކާ އިން އިޒްރޭލާ އެކު ތިބިިކަން ހާމަކުރުމުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ޓްރަމްޕާ އެކު ކޮންމެ ދުވަހަކު މަޝްވަރާ ކުރާ ކަމަށް ނަތަންޔާހޫ ބުންޏެވެ.

އިރާނުގެ ހަމަލާތަކުން ގެއްލުންވި ސަރަހައްދުތައް ބަލަން އިއްޔެ ނަތަންޔާހޫ ކުރި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

އިރާނުގެ ހަމަލާތަކުން ގެއްލުންވި ސަރަހައްދުތައް ބަލަން އިއްޔެ ނަތަންޔާހޫ ކުރި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

"ރޭ ވެސް އަހަރެމެން ވަރަށް ދިގުކޮށް ވާހަކަ ދެއްކިން،" ނަތަންޔާހޫ ބުންޏެވެ.

އިޒްރޭލުން އިސްވެ އިރާނަށް، މިދިޔަ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގައި އިރާނުގެ 630 އަށް ވުރެ ގިނަ މީހުން އިޒްރޭލުން ވަނީ މަރާލައިފަ އެވެ. އަދި 1،300 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި އެވެ.

އިރާނުން ރައްދުގައި ދިން ހަމަލާތަކުގެ އިޒްރޭލުން މަރުވެފައި ވަނީ 24 މީހުންނެވެ. އިރާނުން ބުނީ އެ ގައުމުގެ ހަމަލާތަކުގެ ބޭނުމަކީ އާންމުން މެރުން ނޫން ކަމަށެވެ. ހަމަލާ ދެނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރިއްޔާ އަށް އަމާޒުކޮށް ކަމަށް އިރާނުން ބުންޏެވެ.

އެހެންވެ އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި އަދަދު ވެސް މަދެވެ. އިޒްރޭލުން މަރުވީ 24 މީހުންނެވެ.