Roadha Mihaaru

އީރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ލިބިއްޖެ، ޝަރުތަކާ ނުލައި އަމާން ދީ: ޓްރަމްޕް

އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާއަށް ލިބިއްޖެ ކަމަށާއި އެހެންވެ، ޝަރުތަކާ ނުލައި އިރާނުން އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް

އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާއަށް ލިބިއްޖެ ކަމަށާއި އެހެންވެ، ޝަރުތަކާ ނުލައި އިރާނުން އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ކެނެޑާގައި ކުރިއަށްދާ ޖީ ހަތެއްގެ ސަމިޓް، ކުރިން ހީކުރިވަރަށް ވުރެ އަވަހަށް ނިންމަވާލެއްވުމަށްފަހު ޓްރަމްޕް ވަނީ އިޒްރޭލާއި އިރާނުން މިހާރު ބަދަލު ކުރަމުންދާ ހަމަލާތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ލިބިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސިފައިން އެކަން ކުރި ކަމަށް އިޝާރާތް ކުރައްވަމުންނެވެ.

"އިރާނުގެ ޖައްވާއި ވައިގެ ސަރަހައްދުގެ ހުރިހާ ދިމާއަކުން އަހަރެމެންނަށް ކޮންޓްރޯލް ހޯދިއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.

"މިހާރު އެއްވެސް ޝަރުތެއް ނެތި އިރާނުން އަމާން ދޭންޖެހޭ."

އިޒްރޭލާއި އީރާނުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަދެދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ މިދިޔަ އާދިއްތަ ދުވަހު ދެއްވައިފަ އެވެ.

އެނަލިސްޓުން ބުނާ ގޮތުގައި އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށީ ނުސީދާ ގޮތުން އެމެރިކާގެ ބައިވެރިވުން އޮވެގެންނެވެ. އެކަމަކު އަދި މިހާތަނަށް އެމެރިކާގެ އަސްކަރީ އެއްވެސް ބާރަކުން ހަމަނުޖެހުންތަކުގައި އަމަލީގޮތުން ބައިވެރިވެފައެއް ނުވެ އެވެ.

ރޭ ވެސް އިޒްރޭލާއި އިރާނުން ވަނީ އެއް ގައުމުން އަނެއް ގައުމަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކަކީ ކޮބައިކަމެއް އަދި ސާފެއް ނުވެ އެވެ.