ސަލާމަތީ ކަންކަމުގައި އެއްބާރުލުމާއި، އީރާންގެ ނުރައްކާތަކާ ކުރިމަތިލުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް މިއަދު ސޮއި ކުރައްވާނެ ކަމަށް، ބައިނަލްއަގުވާމީ މީޑިއާތަކުން މިއަދު ބުނެފި އެވެ.
ސަލާމަތީ ކަންކަމުގައި އެއްބާރުލުމާއި، އީރާންގެ ނުރައްކާތަކާ ކުރިމަތިލުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް މިއަދު ސޮއި ކުރައްވާނެ ކަމަށް، ބައިނަލްއަގުވާމީ މީޑިއާތަކުން މިއަދު ބުނެފި އެވެ.
މީޑިއާތައް ބުނާގޮތުން ރަސްމީ ދަތުރެއްގައި މިހާރު އިޒްރޭލަށް ވަޑައިގެން ހުންނެވި އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ސޮއިކުރައްވާ އެއްބަސްވުމުގެ އެންމެ މުހިންމު ބޭނުމަކީ، އީރާންގެ ފަރާތުން މެދުއިރުމައްޗަށް ކުރިމަތިވާނެ ކަމަށް ބެލެވޭ ނުރައްކާތަކުން އެ ސަރަހައްދު ރައްކާތެރިކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމެވެ. މި އެއްބަސްވުމުގެ މައިގަނޑު މައުލޫއެއް ކަމަށް ބެލެވެނީ، ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހޯދުމަށް އީރާނުން ކުރަމުންދާ މަސައްކަތް ހުއްޓުވުމެވެ.
ބައިޑެން އިޒްރޭލަށް މި ވަޑައިގަތީ، އީރާނާ އެކުގައި އެމެރިކާ އިން ކުރިން ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުމަށް ކުރަމުން އަންނަ މަސައްކަތަށް އިޒްރޭލުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އިޒްރޭލުގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ބައިޑެން ވިދާޅުވީ، އީރާންގެ ނުރައްކާތައް ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއްގައި ސޮއިކުރުމެވެ.
ރައީސް ބައިޑްންގެ މި ދަތުރުފުޅުގައި އިއްޔެ އާއި މިއަދު ހޭދަކުރައްވާނީ އިސްރާއީލުގެ ވެރިރަށް ތެލްއަބީބްގައި އިސް މަސްއޫލުވެރީންނާ މަޝްވަރާ ކުރެއްވުމުގަ އެވެ. އަދި މާދަމާ ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް ހެލިކޮޕްޓަރުގައި ވަޑައިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާނެއެވެ.
އޭގެ ފަހުން މާދަމާ އެނބުރި ތެލްއަބީބަށް ވަޑައިގެން ވައިގެ މަގުން ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށް ވަޑައިގަންނަވާނެއެވެ. ސައޫދީ އަށް ބައިޑެން ކުރައްވާ ދަތުރުގައި ގަލްފު ގައުމުތަކުގެ ވެރިންނާއި މިސްރާއި އުރްދުން އަދި އިރާގުގެ އެންމެ އިސް ވެރިންނާ އެކުގައި ޚާއްސަ ބައްދަލުކުރެއްވުމެއް ބާއްވާނެ އެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ، ގަލްފުގެ ގައުމުތައް އިޒްރޭލާ އެކުގައި ސުލްހަ ގާއިމުކޮށް އާދައިގެ ގުޅުމެއް އުފެއްދުމަށް އެ ގައުމުތަކަށް ބާރު އެޅުމާއި، އީރާންގެ އަސްކަރީ ގާބިލުކަމުގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވާ ނުރައްކާތައް އެ ގައުމުތަކުގެ ވެރިންނަށް ވިސްނައިދިނުމެވެ.
ރައީސް ބައިޑެން ސައޫދީ އަށް ކުރައްވާ ދަތުރުގައި ސައޫދީގެ އިސް ވެރިންނާ ބައްދަލުކުރައްވައި، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ސައޫދީގެ އިސް ވެރިންނާ މަޝްވަރާ ކުރައްވާނެ އެވެ.
އީރާން ހުއްޓުވަން އެންމެ ރަނގަޅީ ނިއުކްލިއާ މުއާހަދާ
އީރާނާއެކު ދެން މުއާމަލާތް ކުރާނީ އެހެން ގޮތަކަށް
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
އިރާނަށް އިތުރު ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވަފާނެ
ހައްގަށް އަރައިގަންނަ ނަމަ ދެންވެސް ހަމަލާދޭނަން:އިރާން
އިރާނުގެ ވެރިކަން ބަދަލުކުރާ ވާހަކަ ޓްރަމްޕް ދައްކައިފި
"ޒަޔަނިސްޓް ދުޝްމަނުންނަށް" އަދަބު ދޭނަން: ހާމަނާއީ
އެމެރިކާގެ އަމަލުތަކާމެދު ދުނިޔެ ސަމާލުވެ ތިިބޭތި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން