އެމެރިކާ އިން އިރާނަށް މިއަދު ދިން ވަރުގަދަ ހަމަލަތަކާ އެކު، ހުރިހާ ގައުމަކުން ވެސް ސަމާލުވެ ތިބުމަށް އިރާނުން އިލްތިމާސް ކޮށްފި އެވެ.
22 ޖޫން 2025
އެމެރިކާ އިން އިރާނަށް މިއަދު ދިން ވަރުގަދަ ހަމަލަތަކާ އެކު، ހުރިހާ ގައުމަކުން ވެސް ސަމާލުވެ ތިބުމަށް އިރާނުން އިލްތިމާސް ކޮށްފި އެވެ.
އިރާނުގެ ނިއުކްލިއާ އުފައްދާ ތިން ތަނަކަށް މިއަދު ހެނދުނު އެމެރިކާ އިން ފުރަތަމަ ފަހަރަށް ހަމަލާ ދިނެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔާ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން މަރުކަޒަށް އެމެރިކާ އިން ހަމަލާދީފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރި ކުރައްވައި، އިއުލާނު ކުރައްވައިފަ އެވެ
އެ ހަމަލާ އަށް ފަހު، އިރާނުގެ ސަރުކަރުގެ ފަރާތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން އައްބާސް އަރަގްޝީ ވިދާޅުވީ އިރާނަށް އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.
ދުނިޔޭގެ ހުރިހާ ގައުމަކުން އެމެރިކާއިން ހިންގި މި އަމަލާ މެދު ސަމާލުވެ ތިބުމަށް އަރަގްޝީ އިލްތިމާސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ހަމަލާގެ ސަބަބުން ދިގުދެމިގެންދާ ގެއްލުމަކާ އެމެރިކާ އިން ކުރިމަޔިލާން ޖެހޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
"އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް އެމެރިކާ އިން ވަނީ އީރާނުގެ ސުލްހަވެރި ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީ އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނާއި ނިއުކްލިއާ ވިހަ ގޭސް ނުފެތުރުމުގެ މުއާހަދާއާ އިންތިހާ ދަރަޖައަށް ހިލާފުވެފައި،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޝީ ވިދާޅުވި އެވެ.
"މިއަދު ހެނދުނު ހިނގާ ކަންތައްތަކަކީ ރުޅިވެރިކަމާ އެކު ދާއިމީ ނަތީޖާތަކެއް ކުރިމަތިވާނެ ކަންތައްތަކެއް. މި އިންތިހާއަށް ނުރައްކާތެރި، ގާނޫނާ ހިލާފު އަދި ޖިނާއީ ކުށެއް. އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން އދ. ގެ ކޮންމެ މެންބަރަކު ވެސް ސަމާލުވެތިބެން ޖެހޭނެ."
އެމެރިކާއިން މިއަދު ދިން ހަމަލާތަކުގައި އެ ގައުމު ޒިންމާދާރު ކުރުވުމަށް އިރާނުން އިހްތިޔާރު ކުރީ ބައިނަލްއަގްވާމީ އިދާރާތައް މެދުވެރިކޮށް ކުރިއަށް ދިއުމަށެވެ.
އެމެރިކާގެ އަމަލުތަކާ ގުޅިގެން އދ. ގެ ސަމާލަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ދިނުމަށް އިރާނުން މިހާރު ވަނީ އެދިފަ އެވެ.
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
އެމެރިކާގެ ބޯޓުތަކަށް ހަމަލާ ދޭން ހޫތީން ތައްޔާރުވެއްޖެ
އީރާނުން އިޒްރޭލަށް އިތުރު ވަރުގަދަ ހަމަލާތަކެއް
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް
އެމެރިކާގެ އަސްކަރީ މަނަވަރެއް މެދުއިރުމައްޗަށް
"އިޒްރޭލް-އިރާން ހަނގުރާމައަށް އެމެރިކާ ވަދެފާނެ"
އެމެރިކާ އާއި އިރާނުން މައްސަލަ ފިނިކުރަން މަޝްވަރާއަށް
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
ހަފުތާއެއްގެތެރޭ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާނެ