Roadha Mihaaru

އެމެރިކާގެ ހަމަލާތަކަށް ފަހު ވެސް އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދު ހަމަލާތަކެއް

އީރާނާއި އިޒްރޭލުން ދެމުންދާ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ އިން ވަދެ، އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ރޭ ހަމަލާ ދިނުމުން ރައްދުގައި އީރާނުން އިޒްރޭލަށް ދިން ހަމަލާގައި 16 މީހަކަށް އަނިޔާވެއްޖެ އެވެ.

އީރާނުން އިޒްރޭލަށް އިތުރު ވަރުގަދަ ހަމަލާތަކެއް

އީރާނާއި އިޒްރޭލުން ދެމުންދާ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ އިން ވަދެ، އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ރޭ ހަމަލާ ދިނުމުން ރައްދުގައި އީރާނުން އިޒްރޭލަށް ދިން ހަމަލާގައި 16 މީހަކަށް އަނިޔާވެއްޖެ އެވެ.

އިޒްރޭލުން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަމުން ދަނިކޮށް ރޭ އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އިތުރު ހަމަލާތައް ވެސް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭގެ ފަހުން ދެއްވި އެވެ.

ރައްދުގައި އީރާނުގެ 27 މިސައިލް ހަމަލާއެއް އިޒްރޭލްގެ ހައިފާ އާއި ތެލްއަވީވަށް އަމާޒުވި ކަމަށް އިޒްރޭލް ސިފައިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުންޏެވެ. އެ ހަމަލާތަކުގައި މަދުވެގެން 16 މީހަކަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލްގެ ސިފައިންނާ ހަވާލާދީ ރިޕޯޓުތަކުގައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މިއީ އީރާންގެ އެހާ ގިނަ މިސައިލް ހަމަލާތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަމާޒުވި ފުރަތަމަ ފަހަރެވެ. މި ފަހަރު ބައިގަޑިއިރުގެ ތެރޭގައި އެ ހުރިހާ ހަމަލާތަކެއް އިޒްރޭލްގެ އެކި ތަންތަނަށް އަމާޒުވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނިގޮތުގައި ހައިފާ އާއި ތެލްއަވީވްގެ އިތުރުން އިޒްރޭލްގެ ބެންގުރިން އެއާޕޯޓާއި ބައެއް ރިސާޗް ފެލިސިޓީތަކަށް ވެސް މިއަދު ވަނީ ހަމަލާ ދީފަ އެވެ. އިޒްރޭލްގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

އެމެރިކާއިން ދިން ހަމަލާތަކާ އެކު ވެސް، އީރާންގެ ހަމަލާތަކެއް އިޒްރޭލަށް އަމާޒުވަމުން ދާއިރު، އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ އެއްވެސް ގައުމަކުން ދޭ އިންޒާރަކަށް އީރާނުން ތަބާނުވާނެ ކަމަށް ވިދާޅުވެފަ އެވެ.