Roadha Mihaaru
ބުރުގާ ބާލަން އެންގުމުން ބަދަލަކަށް 85000 ޑޮލަރު

ބުރުގާ ބާލަން މަޖްބޫރު ކުރުމުން ބަދަލަކަށް 85،000 ޑޮލަރު

13 އޯގަސްޓް 2017

ލޮސް އެންޖަލްސް (އޮގަސްޓް 13) - ފުލުހުންގެ ބަންދަށް ގެންދިޔަ އެމެރިކާގެ މުސްލިމް އަންހެނެއްގެ ބުރުގާ ބޭލުމުން ބަދަލަކަށް 85،000 ޑޮލަރު ދޭން ޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލޮސް އެންޖަލްސް (އޮގަސްޓް 13) - ފުލުހުންގެ ބަންދަށް ގެންދިޔަ އެމެރިކާގެ މުސްލިމް އަންހެނެއްގެ ބުރުގާ ބޭލުމުން ބަދަލަކަށް 85،000 ޑޮލަރު ދޭން ޖެހިއްޖެ އެވެ.

މިދިޔަ އަހަރު ހިނގާފައި މި ހާދިސާގައި ކާސްޓީ ޕަވެލް ކިޔާ އަންހެނަކާއި އޭނާގެ ފިރިމީހާ ދުއްވާލަން ނުކުމެ އުޅެނިކޮށް ފުލުހުން ޗެކްކުރި އިރު ކާސްޓީ ޕަވަލް އަކީ ފިހާރައަކުން ވައްކަން ކޮށްގެން ހޯދަން ބޭނުންވާ މީހެކެވެ. އެހެންވެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ޕަވަލްގެ ފިރިމީހާ ވަނީ ޕަވަލް ހައްޔަރު ކުރުމުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވުމަށް އެދިފަ އެވެ. ނަމަވެސް ފުލުހުން އެކަމަށް އިޖާބަ ނުދީ ވަނީ ޕަވަލް ހައްޔަރު ކުރުމަށް ފަހު އޭނާގެ ބުރުގާ ބާލަން އެދިފަ އެވެ. ހައްޔަރު ކުރި ދުވަހުގެ ރޭ ޕަވަލް ޖަލުގައި ހޭދަ ކުރަން ޖެހުނީ ބުރުގާ ނެތި އެވެ. އަދި އޭނާގެ ފޮޓޯ ނަގާފައި ވަނީ ވެސް ބުރުގާ ނެތި އެވެ.

ޕަވަލް ވަނީ އޭނާގެ ބުރުގާ ބޭލި މައްސަލަ އެޕްރީލް 2016 ގައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ފުލުހުންގެ ޑިޕާޓްމަންޓުން އޭނާގެ އަސާސީ ހައްގަކަށް އަރައިގެންފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އޭނާގެ ދީނީ މިނިވަން ކަމަށް އަރައިގެންފައިވާތީ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މައްސަލަ ބެލުމަށް ފަހު ކޯޓުން ވަނީ ޕަވަލް އަށް ބަދަލެއްގެ ގޮތުން 85،000 ޑޮލަރު ދިނުމަށް ކެލިފޯނިއާގެ ލޯންގް ބީޗު ސިޓީގެ މައްޗަށް އަމުރު ކޮށްފަ އެވެ. ކޯޓުގެ ނިންމުމަށް ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ޕަވަލް އަށް ވަނީ ތައުރީފް ކޮށްފަ އެވެ.

ޕަވަލް ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ބުރުގާ އަޅާ މުސްލިމަކަށް ދިމާވާނެ މިބާވަތުގެ ހާދިސާއެއް ތަޖްރިބާ ކުރާ އެންމެ ފަހު މީހާ އަށް އޭނާ ވާން ކަމަށެވެ.