Roadha Mihaaru
އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން

އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން ވަނީ

07 ޖެނުއަރީ 2018

ވޮޝިންޓަން (ޖެނުއަރީ 7) - ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ދާއިރު އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމް ދީން ވާނެ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 7) - ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ދާއިރު އެމެރިކާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލާމް ދީން ވާނެ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެމެރިކާގެ މުސްލިމުންގެ އާބާދީ އަކީ 3.45 މިލިއަނެވެ. އެއީ އެ ގައުމުގެ އާބާދީގެ 1.1 ޕަސެންޓެވެ. ޕިއު ރިސާޗުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށްދާ އިރު އެމެރިކާގައި މުސްލިމުންގެ އަދަދު 8.1 މިލިއަނަށް އަރާނެ އެވެ. އެއީ އެ ގައުމުގެ އާބާދީގެ 2.1 ޕަސެންޓެވެ.

އެމެރިކާގައި އިސްލާމުންގެ އާބާދީ އަހަރަކު 100،000 ގެ ރޭޓެއްގައި ދަނީ އިތުރުވަމުންނެވެ. އެއީ އެމެރިކާގައި މުސްލިމުން އުފަންވާ ރޭޓް އިތުރުވުމާއި މުސްލިމުން ހިޖުރަކުރާ މިންވަރު އިތުރުވުމުންނެވެ.

އެމެރިކާގައި އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. އެމެރިކާގެ އާބާދީގެ 71 ޕަސެންޓަކީ ކްރިސްޓިއަނުންނެވެ. އެމެރިކާގައި ދެ ވަނަ އަށް މިހާރު އެންމެ ގިނައީ ޔަހޫދީންނެވެ. އެކަމަކު ޔަހޫދީންނަށް ވުރެ މުސްލިމުން ދަނީ އެމެރިކާގައި އިތުރުވަމުންނެވެ.