Roadha Mihaaru
މުސްލިމް ކެންޑިޑޭޓަށް މަރުގެ އިންޒާރު ދޭން ފަށައިފި

މޭޔަރު ކަމަށް ކުރިމަތިލި މުސްލިމް ކެންޑިޑޭޓަށް މަރުގެ އިންޒާރު ދޭން ފަށައިފި

15 ފެބުރުއަރީ 2018

މިނެސޮޓާ (ފެބްރުއަރީ 15) - އެމެރިކާގެ ސިޓީއެއްގެ ފުރަތަމަ މުސްލިމް މޭޔަރަށްވުމުގެ އުއްމީދުގައި މިނެސޮޓާގެ ރޮޗެސްޓާގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ރަޖީނާ މުސްތަފާ އަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އޭނާ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިނެސޮޓާ (ފެބްރުއަރީ 15) - އެމެރިކާގެ ސިޓީއެއްގެ ފުރަތަމަ މުސްލިމް މޭޔަރަށްވުމުގެ އުއްމީދުގައި މިނެސޮޓާގެ ރޮޗެސްޓާގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ރަޖީނާ މުސްތަފާ އަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އޭނާ ބުނެފި އެވެ.

އޭނާ ބުނީ އޮންލައިންކޮށް މަރުގެ އިންޒާރުތައް ދެމުން ދަނީ "މިލިޝިއާ މޫވްމަންޓް" ކިޔާ ގްރޫޕަކުން ކަމަށެވެ.

"އިންޒާރު ދިނަސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނެ. އެކަމަކު ކޮންމެ އިންޒާރެއް ސީރިއަސްކޮށް ނަގާނެ. އިންތިޚާބުކޮށްފައިވާ އޮފީހެއްގައި މަސައްކަތް ކުރުމުގެ ޝައުގު ފާޅު ކުރުމުން އެއްވެސް މީހަކަށް ބިރު ދައްކައިގެން ނުވާނެ،" ޓްވިޓާ މެސެޖެއްގައި ރެޖީނާ ވިދާޅުވި އެވެ.

ރޮޗެސްޓާ ސިޓީގެ 114،000 އާބާދީގެ ތެރޭން މުސްލިމުންގެ އަދަދަކީ 12،000 އެވެ.

ރެޖީނާ އަށް ދިން މަރުގެ އިންޒާރާ ގުޅިގެން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ. ރޮޗެސްޓާ ޕޮލިސް ޑިޕާޓްމަންޓުން ބުނީ މަރުގެ އިންޒާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެ އިންޒާރާ ގުޅިގެން ވަކި މީހަކަށް ދައުވާ ކުރަން އުނދަގޫވާނެ ކަމަށެވެ.