އެމެރިކާގެ ކަނާތުފިޔައިގެ ކޮންޒަވެޓިވް އެކްޓިވިސްޓް ޗާލީ ކާކްގެ ގަޔަށް ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓައިލާ ރޮބިންސަން އޭނާގެ "ބައިވެރިޔާ" އަށް ފޮނުވާފައި ހުރި މެސެޖުތައް ހާމަކޮށްފި އެވެ.
އެމެރިކާގެ ކަނާތުފިޔައިގެ ކޮންޒަވެޓިވް އެކްޓިވިސްޓް ޗާލީ ކާކްގެ ގަޔަށް ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓައިލާ ރޮބިންސަން އޭނާގެ "ބައިވެރިޔާ" އަށް ފޮނުވާފައި ހުރި މެސެޖުތައް ހާމަކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ކާކް ޔޫޓާ ޔުނިވަސިޓީގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަން އިންދައި، ފުރާޅެއްގެ މަތީ އޮވެ ބަޑިއަކުން ފޮނުވާލި އެންމެ އުންޑައަކުން މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ 22 އަހަރުގެ މީހާ އެކަން ކުރުމަށް ފަހު މެސެޖުކޮށްފައި ހުރީ އޭނާގެ ރޫމް މޭޓަށެވެ.
ޔޫޓާ ކައުންޓީ އެޓާނީ ޖެނެރަލް ޖެފް ގްރޭ މި މެސެޖުތައް ހާމަކުރެއްވީ އަނިޔާވެރިކަމާ އެކު މީހަކު މެރުމުގެ ދައުވާގެ އިތުރުން އެހެން ދައުވާތަކެއް ވެސް ރޮބިންސަންގެ މައްޗަށް އުފުލައި ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ. އެ ޕްރެސްގައި ގްރޭ ވިދާޅުވީ ރޮބިންސަނަށް މަރުގެ ހުކުމް އިއްވައިދޭން އެދޭނެ ކަމަށެވެ.
ރޮބިންސަން އާއި އޭނާގެ "ލޯބިވެރިޔާ" ކަމަށް ބުނާ މީހާއާ ދެމެދު ވަރަށް ގިނަ މެސެޖުތައް ކާކްގެ މަރާ ބެގޭ ގޮތުން ކޮށްފައިވާ ކަމަށް ބުނާ މީޑިއާ ރިޕޯޓްތައް އާންމުވެފައި ވަނިކޮށް ގްރޭ ވަނީ އެ މެސެޖުތަކުގެ ތަފްސީލް ދެއްވައިފަ އެވެ.
ގްރޭ ވިދާޅުވީ ރޮބިންސަން މެސެޖުކޮށްފައި ހުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާއަށް ކަމަށާއި އެއީ ރޫމް މޭޓް ކަމަށެވެ. އަދި އެއީ އުފެދުމުގައި ފިރިހެނެއް ކަމަށާއި އެކަމަކު "ޖިންސު ބަދަލުކުރުމުގެ" ކަންކަން ކުރާ ކަމަށް ވިދާޅުވި އެވެ.
ގްރޭ ވިދާޅުވީ ކާކް މަރާލި ދުވަހު ރޮޮބިންސަން ލޯބިވެރިޔާއަށް ފޮނުވި މެސެޖެއްގައި ކީބޯޑް ދަށުގައި އޮތް ނޯޓެއް ކިޔަން ބުނެފައިވާ ކަމަށެވެ.
"ޗާލީ ކާކްގެ ދުވަސް ދުއްވާލަން ފުރުސަތު ލިބިއްޖެ. އެހެންވެ މި އުޅޭނީ އެކަން ކުރަން،" ނޯޓްގައި ލިޔެފައިވެ އެވެ.
ރޫމް މޭޓްގެ ނަން ހާމަނުކޮށް މެސެޖުތައް އާންމުކޮށްފައި ވާއިރު އެއިން އެއް މެސެޖެއްގައި އޭނާ ވަނީ ކާކް މަރާލީ ކީއްވެތޯ ރޮބިންސަނާ ސުވާލުކޮށްފަ އެވެ.
"އޭނާ އުފައްދާ ނަފްރަތު މާ ބޮޑީ،" ރޮބިންސަން ބުނެފައިވެ އެވެ. "ބައެއް ނަފްރަތަކީ އެ ކަންކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކޭނެ ކަންކަމެއް ނޫން."
ކާކް ވަނީ އެ މެސެޖުތައް ޑިލީޓްކޮށްލަން ވެސް ބައިވެރިޔާގެ ކިބައިން އެދިފަ އެވެ.
ރޮބިންސަން އިއްޔެ ވަނީ ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ފެނިފަ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ކޯޓުގެ އަޑުއެހުން ކުރިއަށްގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ރޮބިންސަން ހައްޔަރުކޮށްފައި ހުރި ޔޫޓާ ކައުންޓީ ޖަލުގެ ގޮޅީގައި އޭނާ އިނީ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުން، އަމިއްލައަށް މަރުވިޔަ ނުދިނުމަށް ލައްވާ "ސުއިސައިޑް ޕްރިވެންޝަން ވެސްޓް" އެއް އަޅުވައިފަ އެވެ.
ރޮބިންސަން ހައްޔަރުކުރީ ކާކް މަރާލިތާ 36 ގަޑިއިރު ފަހުން، ރޮބިންސަންގެ އާއިލާގެ ބަޔަކު ފުލުހުންނަށް ދިން މައުލޫމާތަަކަށް ފަހުގަ އެވެ. މީޑިއާ ރިޕޯތްތައް ބުނާ ގޮތުގައި ކާކް މަރާލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ވީޑިއޯ އާއި ފޮޓޯތައް ހާމަކުރުމާ އެކު އެއީ ރޮބިންސަންކަން އޭނާގެ ބައްޕައަށް އެނގި އެކަން ސަމާލުކަމަށް ގެނައީ އެވެ. އަދި ބައްޕަ ގާތު ރޮބިންސަން ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ތަހުގީގުގައި ރޮބިންސަން އެއްބާރުލުމެއް ނުދެ އެވެ. އަދި ކުށަށް އިއުތިރާފެއް ވެސް ނުވެ އެވެ. އެކަމަކު ކުށުގެ ވެއްޓާ ރޮބިންސަންއާ ޑީއެންއޭ ހެކިން ގުޅުވާލެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ޗާލީ ކާކް އަށް ހަމަލާ ދިނީ 22 އަހަރުގެ މީހެއް
ޗާލީ ކާކް މަރާލި ހަމަލާ ދިން މީހާ ހައްޔަރުކޮށްފި
ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
އެމެރިކާގައި ދެ ދުވަސް ތެރޭގައި 11 މީހުން މަރާލައިފި
ނުކުރާ ކުށަކަށް ޖަލުގައި 25 އަހަރު، މިހާރު ސާފު
ޖަލުގައި 22 އަހަރު، މިހާރު ސޯޝަލް މީޑިއާ ތަރިއެއް
މުސްލިމް ތިން ދަރިވަރުން މަރާލިކަމަށް އެއްބަސްވެއްޖެ
ގާތިލު ފަޅާއެރީ 27 އަހަރު ފަހުން