އެމެރިކާގައި މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން މުސްލިމް ތިން ޒުވާނުން މަރާލި މީހަކު އިއްޔެ އެގައުމުގެ ކޯޓެއްގައި ކުށަށް އިއުތިރާފް ވެއްޖެ އެވެ.
13 ޖޫން 2019
އެމެރިކާގައި މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން މުސްލިމް ތިން ޒުވާނުން މަރާލި މީހަކު އިއްޔެ އެގައުމުގެ ކޯޓެއްގައި ކުށަށް އިއުތިރާފް ވެއްޖެ އެވެ.
ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ތިން ދަރިވަރުން ކަމަށްވާ ދީން ބަރަކާތު، ޔުސޫރު އަބޫ ސަލްހާ އަދި ރަޒާން އަބޫ ސަލްހާ މަރާލި ކަމުގެ ކުށަށް ކްރެއިގް ސްޓެފަން ހިކްސް، 50، އެއްބަސްވީ އެމެރިކާގެ ނޯތު ކެރޮލީނާ ސްޓޭޓްގެ ޑާހަމްގައި ހުންނަ ކޯޓެއްގަ އެވެ. ގަސްދުގައި މީހުން މެރުމުގެ ތިން ކުށަކަށް އޭނާ އިއުތިރާފްވީ ގިނަ ބަޔަކު ވަދެ ތިބި މަޖިލީހެއްގަ އެވެ.
ހިކްސް ކުށަށް އިއުތިރާފް ވެފައި މިވަނީ އޭނާ އަށް މަރުގެ އަދަބު ދޭން މަސައްކަތް ނުކުރާނެ ކަަމަށް އެ ސަރަަހައްދުގެ ޑިސްޓްރިކްޓް އެޓާނީގެ މަގާމަށް އަލަށް ވަޑައިގެންނެވި ބޭފުޅަކު ވިދާޅުވިތާ ދެ މަސް ފަހުންނެވެ. ޑިސްޓްރިކްޓް އެޓާނީ އެގޮތަށް ނިންމެވީ އެ މައްސަލަ ކޯޓުގައި ދިގުލައިގެން ގޮސްފައި އަވަހަށް ނިންމުމުގެ ނިޔަތުގަ އެވެ.
ކުށަށް އިއުތިރާފް ވަމުން ހިކްސް ބުނީ ފުރަތަމަ ދުވަހު ވެސް ކުށަށް އިއުތިރާފްވާން އޭނާ ބޭނުންވި ކަމަށެވެ. އެމެރިކާ ފުލުހުން ބުނި ގޮތުގައި ތިން ޒުވާނުން މަރައިލުމުގެ ޖަރީމާ ހިކްސް ހިންގީ ވެހިކަލް ޕާކްކުރުމުގެ ޖާގަޔާ މެދުގައި ހިނގި އަރައިރުމެއްގެ ތެރޭގަ އެވެ. އެކަަމަކު މަރުވި ޒުވާނުންގެ އާއިލާ އިން ބުނަމުން އައީ ހިކްސް ޖަަރީމާ ހިންގީ އޭނާ މުސްލިމުންނަށް ކުރާ ނަފުރަތެއްގެ ސަބަބުން ކަމަށެވެ.
ތިން ޒުވާނުން މަރައިލި ކަމަށް އެއްބަސްވި ހިކްސް
މަރާލި ތިން ޒުވާނުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުންގެ ބައްޕަ މުހައްމަދު އަބޫ ސަލްހާ ވަނީ ނަފުރަތުގެ ސަބަބުން ހިންގާ ޖަރިމާތަކާ ބެހޭ ގޮތުން އެމެރިކާގެ ކޮންގްރެސްގައި އޭޕްރިލް މަހު ބޭއްވި އަޑު އެހުމަކަށް ވެސް ބަޔާން ދީފަ އެވެ. އެ ބަޔާނުގައި އޭނާ ބުނީ އޭނާގެ ދަރިން އެމީހުންގެ އަގީދާއާ އެއްގޮތަށް ބުރުގާ އަޅާތީ ވެސް ހިކްސް އެމީހުންނަށް ނަފުރަތު ކުރި އެވެ.
"އެމެރިކާގެ ރީތި ތިން ޒުވާނުން ވަރަށް އަނިޔާވެރިކޮށް ވަނީ މަރާލާފައި. މި ހިތާމަވެރި ހާދިސާ ހިނގީ ރުޅިވެރިކަމާއި ނަފުރަތުގެ ސަބަބުން ކަމާ މެދު އަހަރެމެން ޝައްކެއް ނުކުރަން،" އެމެރިކާ ކޮންގްރެސްގެ ޖުޑިޝަރީ ކޮމިޓީއަށް ބަޔާން ދެމުން އަބޫ ސަލްހާ އޭރު ބުންޏެވެ.
އެެމެރިކާ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިކްސް ތިން ޒުވާނުން މަރާލީ އެމީހުން ދިރިއުޅޭ ގެއަށް ވަދެ ބަަޑިން ހަމަލާދީގެންނެވެ.
ހިކްސް ހިންގި ޖަރީމާގައި މަރުވި ދީން ބަރަކާތުގެ އުުމުރަކީ 23 އަހަރެވެ. އޭނާއަކީ ނޯތު ކެރޮލީނާ ޔުނިވާސިޓީގައި ކޯހުގެ ދެވަނަ އަހަރު ވޭތުކުރަމުން ދިޔަ ޒުވާނެކެވެ. އޭނާގެ އަންހެނުން ޔުސޫރު އަބޫ ސަލްހާ، 21 އަކީ ވެސް ނޯތު ކެރޮލީނާ ޔުނިވާސިޓީގެ ދަރިވަރެކެވެ. ޔުސޫރުގެ އަންހެން ކޮއްކޮ ރަޒާން އަބޫސަލްހާ 19، އަކީ އެންސީ ސްޓޭޓްގެ ދަރިވަރެކެވެ.
އެމެރިކާގައި ދެ ދުވަސް ތެރޭގައި 11 މީހުން މަރާލައިފި
ކާކް މަރާލުމަށް ފަހު ފޮނުވި މެސެޖުތައް ހާމަކޮށްފި
ޗާލީ ކާކް އަށް ހަމަލާ ދިނީ 22 އަހަރުގެ މީހެއް
ޗާލީ ކާކް މަރާލި ހަމަލާ ދިން މީހާ ހައްޔަރުކޮށްފި
ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި
ސްކޫލެއްގައި ބަޑިޖެހި ކުއްޖާގެ ބައްޕަ ވެސް ހައްޔަރަށް
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ހަތިޔާރުން މީހުން މަރާ ނިސްބަތް އެމެރިކާގައި މައްޗަށް