ކަނާތުފިޔައިގެ ފިކުރު ޕްރޮމޯޓްކޮށް އިޒްރޭލުގެ ދިފާއުގައި އާންމުކޮށް ވާހަކަ ދައްކަމުން ދިޔަ އެމެރިކާގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލި ހަމަލާ ދިން ކަމަށް ބެލެވޭ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ކަނާތުފިޔައިގެ ފިކުރު ޕްރޮމޯޓްކޮށް އިޒްރޭލުގެ ދިފާއުގައި އާންމުކޮށް ވާހަކަ ދައްކަމުން ދިޔަ އެމެރިކާގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލި ހަމަލާ ދިން ކަމަށް ބެލެވޭ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕުގެ ބޮޑު ސަޕޯޓަރު އަދި އަރިސް މީހެއް ކަމަށްވާ ކާކް މަރާލީ ބުދަ ދުވަހު ޔޫޓާ ޔުނިވަސިޓީގައި ބޭއްވި ތިން ހާހެއްހާ މީހުން ބައިވެރިވި އިވެންޓެއްޓެއްގައި ވާހަކަދައްކަން އިންދާ ބަޑިން ހަމަލާ ދީގެންނެވެ.
ޔުނިވަސިޓީގެ އިމާރާތެއްގެ ފުރާޅުމަތީ އޮވެ ފޮނުވާލި ހަމައެކަނި އުންޑަ ކާކްގެ ކަނދުރާއަށް އަރައި ހިނދުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.
"އޭނާއާ ވަރަށް ގާތް މީހަކު ވަނީ އޭނާ ގޮވައިގެން ގޮސް ފުލުހުންނާ ހަވާލުކޮށްފައި،" ފޮކްސް ނިއުސްގެ ލައިވް ސްޓޫޑިއޯ އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވި ގޮތުގައި، ތުހުމަތުކުރެވޭ މީހާ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރީ ތަންފީޒީ އިދާރާތަކާ ކުރިން ގުޅުން އޮތް މީހެއް ކަމަށެވެ.
"އެ މީހުން އޭނާ ގޮވައިގެން ގޮސް ފުލުހުންނާ ހަވާލުކުރީ."
ޓްރަމްޕު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި މީހާ އަކީ ޗާލީ ކާކް އަށް ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ގަބޫލުކުރެވެ އެވެ.
ސީއެންއެން އިން ބުނި ގޮތުގައި ހަމަލާ ދިން މީހާ އޭނާގެ ބައްޕަ ގާތުގައި ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފަ އެވެ.
ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރެވޭނެ މައުލޫމާތެއް ދިން މީހަކަށް 100،000 ޑޮލަރުގެ ފައިސާގެ އިނާމު ވެސް ހުށަހަޅައިފަ އެވެ.
The FBI released CCTV video on Thursday showing what they said was the moment the suspect in the shooting of US conservative activist Charlie Kirk escaped.
— Al Jazeera English (@AJEnglish) September 12, 2025
Authorities have admitted that officials have “no idea” whether Kirk’s suspected killer is still in Utah. pic.twitter.com/eCb7cPH0Pf
ތުހުމަތުކުރެވޭ މީހާ ހަމަލާ ދިނުމަށް ފަހު ފުރާޅުމަތިން ދުވަމުން ގޮސް ފުންމާލައި، ގަސްތަކެއްގެ ތެރެއަށް ވަދެ ފިލާތަން ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އަދި އެހެން ބައެއް ތަންތަނުން ހޯދާފައިވާ އެ މީހާގެ ފޮޓޯތަކުން ފެންނަނީ ކޮންވާސް ބޫޓާއި ކަޅު ކުލައިގެ ބޭސްބޯލް ތޮއްޕަކާއި އަވި އައިނެއް އަޅައިގެން ހުންނަ މީހެކެވެ. އޭނާ ހުންނަނީ ޖީންސެއް ލައިގެން، އެމެރިކާގެ ދިދައެއް ޖަހާފައިވާ އަތް ދިގު ޓީޝާޓެއް ލައިގެންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޗާލީ ކާކް އަށް ހަމަލާދީފައިވަނީ 180 މީޓަރު ދުރުން ކަމަށް ބެލެވެ އެވެ.
ޗާލީ ކާކް އަށް ހަމަލާ ދިނީ 22 އަހަރުގެ މީހެއް
ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
އެމެރިކާގައި ދެ ދުވަސް ތެރޭގައި 11 މީހުން މަރާލައިފި
ނުކުރާ ކުށަކަށް ޖަލުގައި 25 އަހަރު، މިހާރު ސާފު
ޖަލުގައި 22 އަހަރު، މިހާރު ސޯޝަލް މީޑިއާ ތަރިއެއް
މުސްލިމް ތިން ދަރިވަރުން މަރާލިކަމަށް އެއްބަސްވެއްޖެ
ގާތިލު ފަޅާއެރީ 27 އަހަރު ފަހުން
އާއިލާއެއްގެ މަރުގެ ސިއްރު ފަޅާއަރުވާލި ކުޑަކުއްޖާ