Roadha Mihaaru

ކާކް މަރާލަން ހަމަލާދިން ކަމަށް ރޮބިންސަން އެއްބަހެއްނުވި

އެމެރިކާގެ ކަނާތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓައިލާ ރޮބިންސަން އެކަމަށް އިއުތިރާފު ނުވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ޔޫޓާގެ ގަވަރުނަރު ސްޕެންސާ ކޮކްސް ވިދާޅުވެއްޖެ އެވެ.

ކާކް މަރާލި ކަމަށް ރޮބިންސަން އެއްބަހެއްނުވި

އެމެރިކާގެ ކަނާތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓައިލާ ރޮބިންސަން އެކަމަށް އިއުތިރާފު ނުވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ޔޫޓާގެ ގަވަރުނަރު ސްޕެންސާ ކޮކްސް ވިދާޅުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ރޮބިންސަން ހައްޔަރުކުރީ އުމުރުން 31 އަހަރުގެ ކާކް މަރާލިތާ 33 ގަޑިއިރު ފަހުންނެވެ.

އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ކޮކްސް ވިދާޅުވީ ރޮބިންސަންއާ ގުޅުން ހުރި މީހުން ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

އެމެރިކާގެ މީޑިއާގައި މި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ދައްކާ ބައެއް ވާހަކަތަކާ މެދު ކޮކްސް ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. ކާކް މަރާލަން ރޮބިންސަން ބަޑި ޖެހުމަށް ފަހު ޑިސްކޯޑް މެސެޖިން ޕްލެޓްފޯމްގައި އެހެން މީހުންނާ މުއާމަލާތްކުރި ކަމަށް ނިއު ޔޯކް ޓައިމްސް އިން ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ގަވަރުނަރާ ސުވާލުކުރުމުން ވިދާޅުވީ އެއީ ހިނގާފައިވާ މުއާމަލާތެއް ކަމަށެވެ. އެކަމަކު އޭބީސީ ނިއުސް އަށް ގަވަރު ވިދާޅުވީ އެކަމަކު އެ ވާހަކަ ދައްކާފައިވަނީ ރޮބިންސަން ކަމެއް ކަށަވަރުނުވާ ކަމަށެވެ.

"އޭނާ އެކަން ކުރި ކަމަށް އެއްބަސްވުމާ ހަމަޔަށް އެ ހުރިހާ ވާހަކަތަކަކީ ޖޯކެއް،" ކޮކްސް ވިދާޅުވި އެވެ.

ކާކް މަރާލީ ޔޫޓާ ވެލީ ޔުނިވަސިޓީގައި އޭނާ އުފެއްދި ޖަމިއްޔާއެއް ކަމަށްވާ ޓާނިން ޕޮއިންޓް ޔޫއެސްއޭ އިން ބޭއްވި އައުޓްޑޯ އިވެންޓެއްގައި ވާހަކަ ދައްކަން އިންދަ އެވެ. އޭނާ މަރުވީ ރޮބިންސަން އިމާރާތެއްގެ މަތީގައި އޮވެ ފޮނުވާލި އުންޑަ ކާކްގެ ކަނދުރާއަށް އަމާޒުވެގެންނެވެ.

ތުހުމަތުކުރެވޭ މީހާ ހަމަލާ ދިނުމަށް ފަހު ފުރާޅުމަތިން ދުވަމުން ގޮސް ފުންމާލައި، ގަސްތަކެއްގެ ތެރެއަށް ވަދެ ފިލާތަން ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެހެން ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުންނަނީ ކޮންވާސް ބޫޓާއި ކަޅު ކުލައިގެ ބޭސްބޯލް ތޮއްޕަކާއި އަވި އައިނެއް އަޅައިގެންނެވެ.

މި މައްސަލައިގައި ރޮބިންސަން ހައްޔަރުކުރީ އޭނާގެ ބައްޕަ ފުލުހުންނަށް އެކަން ރިޕޯޓްކުރުމުން ކަމަށްވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން އާންމުކުރި ފޮޓޯތަކާ އެކު ރޮބިންސަންގެ ބައްޕައަށް ވަނީ އޭނާގެ ދަރިފުޅުކަން އެނގިފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ބައްޕަ ސުވާލުކުރުން، އެކަން ކުރި ކަމަށް އެއްބަސްވީ ކަމަށް ވެސް ބުނެފައިވެ އެވެ.

ތުހުމަތުވާ މީހާ ހޯދޭނެ މައުލޫމާތެއް ދިން މީހަކަށްއެފްބީއައި އިން އޮތީ 100،000 ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ.