26 އޯގަސްޓް 2017
ހައްޖަށް ގެންދަން ރާއްޖެއަށް ފަހު ވަގުތު ލިބުނު 1،000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާދަމާ 300 މީހުން ފުރުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހައްޖަށް ގެންދަން ރާއްޖެއަށް ފަހު ވަގުތު ލިބުނު 1،000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާދަމާ 300 މީހުން ފުރުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ 1000 ޖާގައިގެ ތެރެއިން އެ ކުންފުންޏަށް ލިބުނު 500 ޖާގަޔަށް 450 މީހުން ނަން ނޯޓު ކުރި ކަމަށެވެ. ނަމަވެސް ވަގުތު ކުޑަވުމުން ދެވޭ ގޮތްވީ 300 މީހުންނަށް ކަމަށާއި އެ މީހުން މާދަމާ މެންދުރު ސައުދީ އެއާލައިންގެ ހާއްސަ މަތިންދާބޯޓެއްގައި ފުރުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާދަމާ ފުރަން ޖެހޭ އެންމެންގެ ވިސާ ވެސް ހަމަޖެހިފައި ވަނީ. ހުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންނަށް މިކަންކުރެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަހު ވަގުތު ދާން ނިންމި 300 މީހުން ގެންދަން ނިންމާފައި ވަނީ އެއްފަހަރާ ކަމަށެވެ. އަދި އެ މީހުން ވެސް 30 ދުވަހު ސައުދީ އަރަބިއްޔާގައި މަޑުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ވޭތުވެދިޔަ ތިން އަހަރު ރާއްޖެއިން 2،000 މީހުންނަށް ޖާގަ ދެމުން އައި ނަމަވެސް މި އަހަރު ކަނޑައަޅާފައި އޮތީ 1،000 ޖާގަ އެވެ. އިތުރު 1،000 ޖާގަ ރާއްޖެ އަށް ދިނީ މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން މައްކާގައި ތިއްބަ އެވެ.
ހައްޖު ކޯޕަރޭޝަނުން 300 މީހުން ގެންދަން ނިންމި ނަމަވެސް، ރާއްޖެ އަށް އިތުރުކޮށްދިން 1،000 ޖާގަ އަށް މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެ 500 ޖާގަ ވަނީ ބާކީވެފަ އެވެ.
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ފުރުން މިއަދު
ހައްޖު ކޯޕަރޭޝަންގެ، ހައްޖުވެރިން ފުރުން ލަސްވެއްޖެ
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ހައްޖު ކޯޓާގެ ބާކީ 130 ޖާގައި ތަފުސީލެއް ނުދިން!
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް