17 އޯގަސްޓް 2018
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަދު ހައްޖަށް ފުރަން ހަމަޖެހިފައިވާ މީހުން ފުރުން، ސައޫދީ އެއާލައިންސަށް ދިމާވި މައްސަލައަކާ ގުޅިގެން ފަސްކޮށްފި އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަދު ހައްޖަށް ފުރަން ހަމަޖެހިފައިވާ މީހުން ފުރުން، ސައޫދީ އެއާލައިންސަށް ދިމާވި މައްސަލައަކާ ގުޅިގެން ފަސްކޮށްފި އެވެ.
ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އިތުރަށް ދިން 1،000 ކޯޓާގެ ދަށުން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިން މިއަދު ހެނދުނު ފުރަން ހަމަޖައްސާފައި ވަނީ 400 މީހެކެވެ. އެ މީހުން ފުރަން ކުރިން ހަމަޖައްސާފައި އޮތީ މެންދުރު ފަހު 3:30 ގަ އެވެ.
ނަމަވެސް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިދުރީސް އިސްމާއިލް "މިހާރު" އަށް ވިދާޅުވީ ސައޫދީ އެއާލައިންސްގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދަތުރު ފަސްކޮށްފައިވާ ކަން އެ އެއާލައިންސުން އަންގާފައިވާ ކަމަށެވެ.
"އެއާލައިނުން ބުނީ އެ ބޭފުޅުންގެ ކޮމްޕއިޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ޑިލޭވީ ކަމަށް. އަޅުގަނޑުމެން، މިހާރު ހައްޖަށް ފުރާ މީހުން ކައިރީގައި ބުނެފައި އޮންނާނީ [ކޮންމެ ވަގުތަކު ވެސް] ފުރަން ތައްޔާރަށް ތިބުމަށް،" އިދުރީސް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، ހައްޖުވެރިން ފުރުމުގައި ދިމާވި މައްސަލަ ހައްލު ކުރުމަށް ދިވެހި ދައުލަތުގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކުން ސައޫދީ އެއާލައިންސާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް ސައުދީ އަރަބިއްޔާއިން އާންމު ގޮތެއްގައި ދޫކުރަނީ 1،000 ކޯޓާ އެވެ. މި އޯގަސްޓު މަހު އިތުރަށް ލިބުނު 1،000 ކޯޓާގައި ފުރާ ގޮތަށް ހަމަޖެހިފައި ވަނީ 500 މީހުންނެވެ. އެއީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ފުރަން ހަމަޖެހިފައި އޮތް 400 މީހުންގެ އިތުރުން ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު ގްރޫޕުގެ ހަވާލުގައި ފުރާ 100 މީހުންނެވެ.
"މިހާރު" ން ވާހަކަ ދެއްކި ބައެއް ހައްޖު ގްރޫޕުތަކުން ބުނީ ފަހު ވަގުތު ކޯޓާ ހަމަޖެހުމުން މީހުން ގެންދިއުމުގައި ދަތިތައް އެބަހުރި ކަމަށެވެ.
އެގޮތުން ހައްޖު މަހަށް ފަހު، ހައްޖުގެ އަޅުކަން ނިމެންދެން، ޖިއްދާ އަށް ދެވެނީ ހަމައެކަނި ސައުދީ އެއާލައިންސުން ކަމަށް ވާތީ މަތިންދާބޯޓުން ޖާގަ ލިބުމުގެ ދަތިތަކެއް ހުރި ކަމަށް ހައްޖު ޖަމާއަތްތަކުން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ފުރުން މިއަދު
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް
ދެ ވަނަ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް 500 ޖާގަ
ހައްޖު ކޯޓާ ރިޒާވްކުރީ އޭސީސީގެ އެންގުމާ ޚިލާފަށް!
ދިވެހި ހުރިހާ ހައްޖުވެރިން ޖަމްރާ އަށް ހިލަ އުކައިފި
ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު
ހައްޖަށް ގެންދާ އަގު ހަމަޔަކަށް އަޅުވާނަން: ފައިސަލް
ފަހުގެ ކޯޓާއަށް ހައްޖަށް ދާ މީހުން މާދަމާ ފުރަނީ
ފަހުން ލިބުނު ކޯޓާގައި 300 މީހުން މާދަމާ ފުރަނީ