15 އޯގަސްޓް 2017
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ރޭ އިއުތިރާފްވެވަޑައިގެންފައިވާ ކަމަށާއި އެ މައްސަލާގައި އެމަނިކުފާނާ މެދު މުއައްސަސާތަކުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ރޭ އިއުތިރާފްވެވަޑައިގެންފައިވާ ކަމަށާއި އެ މައްސަލާގައި އެމަނިކުފާނާ މެދު މުއައްސަސާތަކުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ރައީސަށް ކުރިން ވެސް ތުހުމަތުކުރެވުނު އެ މައްސަލާގައި މުއައްސަސާތަކުން މިހާރު އިތުރަށް ހޯދަން ޖެހޭނެ ހެއްކާއި ގަރީނާއެއް ނެތެވެ. އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަތުމަކީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުދޭ ހެއްކެއް ކަަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލަ މިހާރު ވެސް އޮންނާނީ ފުލުހުންނާއި އޭސީސީ އަށް ހުށަހަޅާފައި. އޭގެ ފަހުން ރައީސް ޔާމީން ރޭ މި ދެއްކެވި ވާހަކަ އިން ވެސް ހެއްކާއި ދަލީލު މިވަނީ ލިބިފައި ކޭސްއެއް ބިލްޑުކުރަން،" މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.
ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމުގެ ކެމްޕޭނަށް "ރުމާލު 2"ގެ ނަމުގައި ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަމައެކަނި ވަން ކަމަށް އަލްޖަޒީރާގެ ޑޮކިއުމެންޓްރީން ވެސް ދެއްކީ، އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށެވެ. އެއީ ހަލާލު ފައިސާއެއް ނޫން ކަމަށާއި އޭގެ އިތުރުން މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ހޮވަން ވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެ ފައިސާ ބޭނުންކުރެއްވި ކަމަށް ވިދާޅުވި އެވެ.
އަދީބު ބެއްސެވީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ރައީސް ރޭ ވިދާޅުވިއިރު، އެމަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ މެމްބަރުންނަށް އަދީބު ބެއްސެވީ އެމަނިކުފާނުގެ ކެމްޕޭނަށް އެކި ގޮތްގޮތުން ލިބޭ ފައިސާ ކަމަށެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ރިޔާޒް ވިދާޅުވީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ރައީސް އިއުތިރާފްވެވަޑައިގެންފައިވާތީ، ފުލުހުން އެ މައްސަލަ ވަގުތުން ބަލަން ފަށަން ޖެހޭ ކަމަށެވެ. އެ މައްސަލާގައި ފިޔަވަޅު އެޅުމަކީ މުއައްސަސާތަކުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަމިއްލަ އަށް އިއުތިރާފްވެވަޑައިގެން، ރައީސް ދެއްކެވި ވާހަކަފުޅުން ދޭހަވީ އެ ފައިސާ މެމްބަރުންނަށް ހަރަދުކުރެއްވީ ވެސް އެމަނިކުފާނަށް އެނގިވަޑައިގެން ހުންނަވައިގެން ކަން،" ރިޔާޒް ވިދާޅުވި އެވެ.
މެމްބަރުންގެ ކެމްޕޭނަށް އަދީބު ފައިސާ ހޭދަކުރައްވާފައިވާއިރު، އެ މެމްބަރުން އިސްތިއުފާ ދެއްވައި އަލުން އަމިއްލައަށް ހޮވިވަޑައިގަތުމަށް ރައީސް ވިދާޅުވި ވާހަކަފުޅު އިދިކޮޅު މެމްބަރުން ސިފަކުރައްވަނީ "އެމަނިކުފާނުގެ އަރިހުގައި ތިއްބެވި މެމްބަރުންނަށް ދެއްވި އިންޒާރެއް"ގެ ގޮތުގަ އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް އެމްޕީންނާ ހަމައަށް އެބަހުރި ފައިސާގެ މައްސަލަ ތިލަވެފައި. އޭގެ ތެރެއިން އެމަނިކުފާނު އަރިހުގައި ތިއްބެވި ގަޔާނުވާ މެމްބަރުންނަށް ދެއްވި ތްރެޓެއްގެ ގޮތުގައި ވެސް ބެލެވިދާނެ،" ރިޔާޒް ވިދާޅުވި އެވެ.
އަދީބު ޖަލުން މިނިވަންވާނީ އެމްއެމްޕީއާރުސީން ވަަގަށް ނެގި ފައިސާ ދެއްކުމުން ކަމަށް ރައީސް ވިދާޅުވާއިރު، އެމަނިކުފާނުގެ ގެކޮޅަށް ވަތް ފައިސާ ވެސް ދައްކަވަން ޖެހިވަޑައިގަންނަވާނީ އަދީބުތޯ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލުކުރެއްވި އެވެ.
"އަދީބު ފައިސާ އިން ދިން ކާރު ދުއްވުން އޯކޭ، އަނގޮނޓި އޯކޭ. ރިޔާސަތު އޯކޭ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ރުމާލު 2" އިން ފަށައި ތާސްބައިގެ ކޮންމެ ގަނޑަކަށް ޖަގަހައެއް ހުޅުވައި ނިމޭއިރު ރައީސް ޔާމީން "ފަޟީހަތްވެ ނިމޭނެ" އެވެ.
އިންތި ވިދާޅުވީ ފަހަކަށް އައިސް ރައީސް ދައްކަވާ ވާހަކަފުޅުތަކުގައި އެމަނިކުފާނު "އަޒުލުކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް ސާފުކޮށް، ހެއްކާ އެކު ވިދާޅުވެދެއްވައިފި" އެވެ. އިތުރަށް އެމަނިކުފާނު މަގާމުގައި ދެމިހުންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"