06 ޖުލައި 2017
ގެދޮރު ހޯދަން ބޭންކުތަކުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ދަށްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރު ހޯދަން ބޭންކުތަކުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ދަށްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރު ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާ ބެހޭ މައުލޫމާތު ދޭން އެމްއެމްއޭ އާއި އެޗްޑީސީ ގުޅިގެން މިއަދު ދަރުބާރުގޭގައި ފެށި "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒީމާ ވިދާޅުވީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު ގަތުމަށް ހެޔޮ އަގުގައި ލުއި ފަސޭހަކަމާ އެކު ލޯނު ލިބޭނެ ގޮތް ރާއްޖޭގެ ބޭންކްތަކުން ހަދަން ޖެހޭ ކަމަށެވެ. އެގޮތުން އެންމެ އާދައިގެ ވަޒީފާ އަދާކުރާ މީހާއަށް ވެސް އޭނާގެ އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް އިމާރާތްކުރަން ނުވަތަ ގަތުމަށް ލޯނު ލިބެން ޖެހޭނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ
"ގެދޮރުވެރިކަމާ ނުލައި ވެސް ގައުމުގެ އިގްތިސާދު ވަރަށް ބާރަށް ކުރިއަށް ގެންދެވިދާނެ. އެހެން ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ ނުވަތަ ރައްޔިތުން ބާރުވެރި ކުރެވޭނީ ނުވަތަ ގައުމުގެ ތަރައްގީގެ ފޮނި މީރުކަން ގެނެސްދެވޭނީ އެންމެންނަށް ވެސް އަމިއްލަ ގެދޮރު ލިބިގެން،" އަޒީމާ ވިދާޅުވި އެވެ.
މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯ ގެ ތީމަކީ ހައުސިން އެންޑް ފައިނޭންސެވެ.
ގަވަރުނަރުގެ ވާހަކަފުޅުގައި، އެ ތީމު، އެކްސްޕޯ އަށް ޚިޔާރުކުރެއްވީ ރާއްޖޭގެ ތަރައްގީގައި މިވަގުތު އެންމެ މުހިންމު ކުރިއެރުމެއް ހޯދަން ޖެހިފައިވާ ދާއިރާއަކީ ގެދޮރުވެރިކަން ކަމަށް ވާތީ ކަމަށެވެ،
"ގެދޮރުވެރިކަމާ ނުލައި ވެސް ގައުމެއްގެ އިގްތިސާދީ ދުވެލި ވަރަށް ބާރުމިނެއްގައި ކުރިއަށް ގެންދެވިދާނެ. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ، ރައްޔިތުން ބާރުވެރި ކުރެވޭނީ ގައުމުގެ ތަރައްގީގެ ފޮނިމީރުކަން ރައްޔިތުމީހާއަށް ގެނެސްދީ އޭނާގެ މޫނަށް ހިނިތުންވުން ގެނެސްދެވޭނީ ކޮންމެ މީހަކަށް ވެސް އަމިއްލަ ގެދޮރު ހުރެގެން. އަދި އެއީ ޝަރަފުވެރިކަމާއި އަބުރުވެރިކަމާ އެކީ އޭނާ އާއި އޭނާގެ އާއިލާއަށް ދިރިއުޅެވޭނެވަރުގެ ގެއެއް ނުވަތަ ފްލެޓަކަށް ވެގެން،" އަޒީމާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ގެދޮރުގެ އަގު ހެޔޮކުރެވޭނީ ހައުސިން ޕޮލިސީ އެގޮތަށް ބައްޓަންކުރެވިގެން ކަމަށެވެ. އަދި އޭގެ އިތުރުން ކޮންސްޓްރަކްޝަނަށް ހިނގާ ހަރަދު އަތްފޯރާފަށަށް ތިރިކުރަން ޖެހޭ ކަމަށާއި ކޮންސްޓްރަކްޝަން ކުންފުނިތަކަށް މާލީ އިދާރާތަކުން ހަރަދު ކުޑަ ގޮތެއްގައި ލޯނު ލިބޭނެ މަގުފަހިވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަޒީމާ ބީއެމްއެލްގެ ސީއީއޯ އެންޑްރޫއާ ސަލާންކުރައްވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"ހައުސިން ލޯނަކީ އޭނާގެ ވަޒީފާއިން ލިބޭ މުސާރައިން ދެއްކޭނެ ލޯނަކަށް ވާން އެބަ ޖެހޭ. ހައުސިން ލޯނަކީ ހަމައެކަނި މުއްސަނދި ނުވަތަ ބޮޑު މުސާރަ ލިބޭ މީހުންނަށް އެކަނި ލިބޭ އެއްޗަކަށް ވެގެނެއް ނުވާނެ،" ގަވަރުނަރު ވިދާޅުވި އެވެ.
އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި އެކްސްޕޯގައި ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތް ކުރުމަށް ހުރި ފުރުސަތުތަކާއިި މާލީ އިދާރާތަކުން އެކަމަށް ފައިނޭންސް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ދެ އެވެ. އަދި މާލީ ބައެއް ހިދުމަތްތަކުގެ އެޕްލިކޭޝަން ފޯމް ވެސް އެކްސްޕޯގައި ބަލައިގަނެ އެވެ.
ބޭންކް އޮފް ސިލޯނުން ހައުސިން ލޯނެއް ތައާރަފްކޮށްފި
ޓާޓާ ފްލެޓް ގަންނަން 55 ފަރާތަކަށް ލޯނު ދޫކޮށްފި
އަހަރެންގެ ހުވަފެނީ ގެ
މިދަނީ 40،000 ހައުސިން ޔުނިޓް އަޅަމުން: މުއިއްޒު
"ހައުސިން ފައިނޭންސް ލިބޭނެ ބޭންކްތައް ރާއްޖެއަށް ބޭނުން"
ގެދޮރު އެޅުމަށް ރަށްރަށުގެ މީހުންނަށް ލޯނު ދޫކުރަނީ
ގެދޮރު އަޅާނެ ލުއި ލޯނުގެ ސިޔާސަތު އިއުލާން ކުރަނީ
އެޗްޑީސީން ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދެނީ
އެމްޑީޕީގެ މެނިފެސްޓޯ: ފްލެޓު ގަތުމަށް ސަބްސިޑީއެއް
މޮބައިލް މަނީގެ ހިދުމަތުގެ ލައިސަންސް ދިރާގަށް ދީފި