Roadha Mihaaru
ގެދޮރު އެޅުމަށް ރަށްރަށުގެ މީހުންނަށް ލޯނު ދޫކުރަނީ

ގެދޮރު އެޅުމަށް ރަށްރަށުގެ މީހުންނަށް ލޯނު ދޫކުރުމުގެ ސިޔާސަތު މާދަމާ ރޭ އިއުލާނު ކުރަނީ

13 ޖޫން 2021

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމުގައި އަމަލުކުރާނެ ގޮތްތައް މާދަމާ ރޭ އިއުލާނު ކުރަން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމުގައި އަމަލުކުރާނެ ގޮތްތައް މާދަމާ ރޭ އިއުލާނު ކުރަން ނިންމައިފި އެވެ.

މާދަމާ ރޭ 9:30 ގައި ބާއްވާ އެ ރަސްމިއްޔާތު، ގަވަމަންޓް އޮފް މޯލްޑިވްސްގެ ފޭސްބުކް/ ޓްވީޓާ އެކައުންޓުންނާއި ޓީވީ ޗެނަލްތަކުން ލައިވްކުރާނެ އެވެ.

އެނގިފައިވާ ގޮތުގައި މިއީ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން މި ސަރުކާރުން ވެފައިވާ ވައުދެއް ކަމަށްވާ، ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމުގެ ސްކީމު އިއުލާނު ކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރަން ފަށާނެކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފަ އެވެ.

އެޗުޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި މިހާރު އޮތް ގޮތުން ލޯނު ލިބެނީ މާލެ އާއި އިތުރު 11 ރަށެއްގައި ގެ ހެދުމަށް ނަމަވެސް އަލުން ލޯނަށް ހުޅުވައިލާނީ ހުރިހާ ރަށެއް ވެސް ހިމެނޭ ގޮތަށް ކަމަށް އަސްލަމް އެ ދުވަހު ވިދާޅުވި އެވެ.

އެ ލޯނުތަކުގެ އަގު ހުންނާނީ ބައި މިލިއަނާއި އެއް މިލިއަނާ ދެމެދުގަ އެވެ. އިންޓްރެސްޓް ރޭޓު ވެސް ކުޑަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މި ޕްރޮގްރާމުގެ ދަށުން މެދުފަންތީގެ މީހުންނަށް ވެސް ލޯނު ލިބޭނެ އެވެ.

ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ގެދޮރު އަޅަން 500 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.