06 ޑިސެމްބަރ 2023
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީ އަށް ވަދެ އަޑުގަދަކުރީ 10 ވަރަކަށް މީހުން ކަމަށާއި ފްލެޓް ދިނުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުއްޓުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީ އަށް ވަދެ އަޑުގަދަކުރީ 10 ވަރަކަށް މީހުން ކަމަށާއި ފްލެޓް ދިނުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުއްޓުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އަކްރަމާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ހާޒިރުކުރި އެވެ.
ކޮމިޓީގައި އަކްރަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޭން ނިންމި ފުރަތަމަ 4،000 ފްލެޓް ނުލިބިގެން މިނިސްޓްރީ އަށް ގޮސް އަޑުގަދަ ކުރީ ވަރަށް މަދު ބައެއް ކަމަށެވެ. އެއީ 10 ވަރަކަށް މީހުން ކަމަށާއި ދެން އެ ތަނުގައި ތިބީ މީޑިއާތައް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"މި 4،000 ފްލެޓަށް ނާރާ މީހުން ވަރަށް ހިތްހަމަނުޖެހިގެން އައިސް މިނިސްޓްރީގައި ހަޅޭއްލަވާ ހެދި، މި ދެންނެވީ ނުރުހުން ފާޅުކުރި. ނުރުހުން ފާޅުކުރުމުން ގާތްގަނޑަކަށް އޭގައި ތިބީ އަސްލު 10 ވަރަކަށް ފަރާތް، ދެން ގިނައީ އެކި މީޑިއާތައް އިނގޭތޯ،" އަކްރަމް ވިދާޅުވި އެވެ.
ޕެޓިޝަން ކޮމިޓީގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މީހުން ނުރުހުން ފާޅުކުރުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ. އޭސީސީން ވެސް އެގޮތަށް އެންގި ކަމަށާއި އެހެންވެ، ފްލެޓްތަކުގެ ގުރުއަތުލުން ބޭއްވީ އޭގެ ފަހުން ލިބުނު ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަކުވާ ގޮތުގައި 7،000 މައްސަލަ ލިބުނު އިރު، ގިނައިން ހުށަހަޅާފައި ހުރީ މާލޭގައި ދިރިއުޅުނު މުއްދަތާ ގުޅޭ ޝަކުވާތައް ކަމަށް އަކްރަމް ވިދާޅުވި އެވެ. މާލޭގައި ދިރިއުޅޭ މުއްދަތަކީ ހަމައެކަނި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ބަލާ އެއްޗެއް ކަމަށާއި މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ އޭސީސީން 4،000 ފްލެޓުގެ މައްސަލަ ހުއްޓުވީ ފްލެޓްތަކުގެ ގުރުއަތު ނަގައި ވެސް ނިންމި ފަހުން ކަމަށެވެ.
"ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ގުރުއަތުލުމުގެ މަސައްކަތް ނިންމާލެވުނީ. މަސައްކަތް ނިމެމުން ދިޔައިރު ފްލެޓް ކޮމިޓީގެ ބޭފުޅުން އޭސީސީގެ ނައިބާ ވާހަކަ ދައްކަމުން ގެންދެވީ. ކިހިނެއްތޯ މިކަން ގެންދާނީ. އޭރު ވިދާޅުވި ހުއްދަ ދީފައި ސިޓީއެއް ވެސް ފޮނުވާނެ ކަމަށް. އެ ސިޓީ ނައީމާ އަޅުގަނޑުމެން ސިޓީއެއް ފޮނުވީ މައްސަލަތައް ބަލައި ނިންމައިފި ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
"އެހެންވެ އެރޭ ލައިވްކޮށް ގުރުނެގުން އަށެއް ޖަހާކަށް ހާއިރު ފަށައިގެން ކުރިއަށް ގެންދިޔައީ. ގުރު ނަގާ ނިންމާލެވުނު 12:30، 1:00 ހާއިރު. އަނެއް ދުވަހު އޮފީހަށް އައިސް ގާތްގަނޑަކަށް 10 ޖަހާކަށް ހާއިރު ސެކްޝަނަށް އޭސީސީގެ ސިޓީއެއް އައީ ފްލެޓްގެ ކަންކަން ހުއްޓާލުމަށް. އޭގައި އަވަސް ވެސް ޖަހާފައެއް ނެތް. އޭރު އެކަން އޮތީ ނިމިފައި."
އަކްރަމް ވިދާޅުވި ގޮތުގައި، އޭސީސީގެ އެ ސިޓީ އަށް ފަހު މިނިސްޓްރީން އިތުރަށް ނުކުރެވުނު ކަމަކީ ބާކީ ތިބި ފްލެޓް ލިބޭ 14،000 މީހުންނަށް، އެ ލިބޭނެ ކަމުގެ ލިޔުން ނުދެވުމެވެ.
"އޭސީސީން ހުއްޓާލަން އަންގައިގެން އަޅުގަނޑުމެން ނުހުއްޓައެއް ނުހުންނާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުއްޓާލަން އޭސީސީ އަށް ނުވެސް އެންގޭނެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމެއް އެބަ އޮވެއޭ [އޭސީސީ އަށް] ނުހުއްޓުވޭނެ ކަމަށް، އެކަމަކު މައްސަލަ ބެލިދާނެއޭ،" އަކްރަމް ވިދާޅުވި އެވެ.
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ފްލެޓް ލިބޭ މީހުންގެ ވަގުތީލިސްޓު މާދަމާ އިއުލާންކުރަނީ
ފްލެޓާއި ގޯތި ދޫކުރާ ކޮމިޓީ އުފައްދައިފި
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ހޯދަން ދޮގު މައުލޫމާތު ދިން ކަމެއް ފާހަގަނުވޭ!
ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޯންނާނެ: އަކްރަމް
ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް: މިނިސްޓްރީ
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ
ދެވަނަ ބުރުގެ ގޯތި/ފްލެޓް ލިސްޓް ލިބޭ މީހުން ނިންމަނީ