28 ނޮވެމްބަރ 2022
ހުޅުމާލެ 1 ގައި މީގެ ނުވަ އަހަރު ކުރިން އިމާރާތްކުރަން ފެށި ފުލުހުންގެ ފްލެޓުތައް މި އަހަރު ނިންމަން މި ސަރުކާރުން ކުރިން ކަނޑައެޅިޔަސް އެ ތާރީހަށް ދެން އެ ކަން ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުޅުމާލެ 1 ގައި މީގެ ނުވަ އަހަރު ކުރިން އިމާރާތްކުރަން ފެށި ފުލުހުންގެ ފްލެޓުތައް މި އަހަރު ނިންމަން މި ސަރުކާރުން ކުރިން ކަނޑައެޅިޔަސް އެ ތާރީހަށް ދެން އެ ކަން ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފުލުހުންގެ ފްލެޓްތައް ހަދަން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރީ އެވެ.
ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް މިދިޔަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ.
ސިފައިންގެ ފްލެޓްތައް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ އެވެ. ހުޅުމާލޭގައި އިމާރާތްކުރާ 330 ފްލެޓުގެ އެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަހުުގެ ތެރޭގައި ނިމޭނެ ކަަމަށް އޮތީ ލަފާކޮށްފަ އެވެ.
ސިފައިންގެ "ސިފްކޯ ހިޔާ" ފްލެޓް މަޝްރޫއުގެ ތެރެއިން ހަދަމުންދާ ފްލެޓްތަކުގެ ބޭރުން، މި ފްލެޓްތަކުގެ %60 ވަނީ ނިމިފަ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ފުލުހުންގެ ފްލެޓުތައް ނިންމަން ސަރުކާރުން މިދިޔަ އަހަރު އަމިން ކޮންސްޓްރަކްޝަނަށް ހަވާލުކުރީ 275 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން މިދިޔަ ސެޕްޓެމްބަރު 20 ގައި ފްލެޓުތައް ނިންމަންޖެހެ އެވެ.
އެކަމަކު، މުއްދަތު ހަމަވިއިރު ވެސް އެ މަސައްކަތް ނުނިމުމުން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އޭރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ފިނިޝިން އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އެކަމަކު، އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ، ތަކެތި ލިބުމުގެ ދަތިތަކާ ހެދި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނުނިންމޭނެ ކަމަށެވެ.
އެ ފްލެޓުތައް ނިންމޭނެ ކަމަށް މިހާރު ލަފާކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ-މާޗު ހިސާބުގަ އެވެ.
"އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު ހިސާބުގައި އެ ފްލެޓްތައް ނިންމޭނެކަން މިހާރު ވަރަށް ޔަގީން،" އަކްރަމް ވިދާޅުވި އެވެ.
ފުލުހުންގެ ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. ބައެއް މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ. ދެ އަހަރުގެ ތެރޭގައި ދިރިއުޅެވޭނެ ކަމަށް ބުނި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން ވަނީ އެކި ފަހަރު މަތިން ޝަކުވާކޮށްފަ އެވެ.
ފުލުހުންގެ ތިން ޓަވަރަށް 500 މިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ފުލުހުންގެ ފްލެޓުތައް ނިންމޭނީ ޖޫން މަހަށް: އަކްރަމް
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ
ފްލެޓާއި ގޯތި ދޫކުރާ ކޮމިޓީ އުފައްދައިފި
"ދަފްތަރުގައި ތިބި މީހުންނަށް މާލެއިން ގޯތި ލިބޭނެ"
400 އަކަފޫޓުގެ ގޯތި ދޫކޮށްލާ ނަމަ ފްލެޓް ދޭނީ ހިލޭ
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
އިންތިޒާރުގެ ނިމުން: ފްލެޓްތައް 8 މަހުން ނިންމަނީ!
އައިލެންޑް އެކްސްޕާޓަށް މެމްބަރުންގެ ބޮޑެތި ތުހުމަތު