Roadha Mihaaru
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ

ބޮޑު އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނުކުރާނެ

07 ޖޫން 2023

ބޮޑު އީދުގެ ކުރިން ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރާނެ ކަމަށް އެ ކޮމިޓީގެ ޗެއާމަން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޮޑު އީދުގެ ކުރިން ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރާނެ ކަމަށް އެ ކޮމިޓީގެ ޗެއާމަން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް ވިދާޅުވީ، ފްލެޓާއި ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ އިރު، އެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ.

ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އާންމުންނަށް ހުޅުވައިލާނެ އެވެ.

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމަށް ހުޅުވާލުމުން 35،800 މީހުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް ކުރިމަތިލި 20،600 މީހުންނާއި ގޯއްޗަށް ކުރިމަތިލި 15،200 މީހުންނެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.

ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުން އިވެލުއޭޓު ކޮށް ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އުފެއްދީ ފެބްރުއަރީ މަހު އެވެ.

ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އަމާޒު ހިފާފައި ވަނީ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ. މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.