16 ޖުލައި 2023
މާލެ އިން ގޯތި ލިބޭ ވަގުތީ ލިސްޓް އާއްމު ކުރުމުން ހުށަހެޅި ޝަކުވާތައް ބަލަމުން އަންނަ ކަމަށް ކޮމިޓީގެ ޗެއާ, ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އިން ގޯތި ލިބޭ ވަގުތީ ލިސްޓް އާއްމު ކުރުމުން ހުށަހެޅި ޝަކުވާތައް ބަލަމުން އަންނަ ކަމަށް ކޮމިޓީގެ ޗެއާ, ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އަހަރުތަކަކަށް ފަހު، މާލޭގެ މީހުންނަށް ގޯތި ދޭން ހުޅުވާލައި އާއްމުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަމަވިއިރު ގާތްގަނޑަކަށް 800 ޝަކުވާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހަރުދަނާ ޝަކުވާތައް މާގިނަ ނޫން ކަމަށް މިހާތަނަށް ބެލި ޝަކުވާތަކުން ވެސް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"މި ޝަކުވާތައް ބަލާފައި އެ އަށް ޖަވާބު ދޭނަން. މި ޝަކުވާތައް ބަލައި ނިމުމުން ލިސްޓަށް ބަދަލު އައުން ވެސް އެކަށީގެންވޭ. އެކަމަކު އަދި ނޭނގޭ. ބަލައި ނިމުނީމަ އެނގޭނީ," އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަކުވާތަކަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދޭނެ އެވެ.
މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރަން ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގައި މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުންނަށް، "ގޯތި ލިބޭ" ކެޓަގަރީގައިވާ މީހުންނާ ގުޅިގެން ގޯތި ކަށަވަރު ކުރެވޭ ގޮތް ވެސް އޮތީ ހަދައިފަ އެވެ.
ކުރިން އޮތް ގޮތުން ނަމަ "ޝަރުތު ހަމަވޭ، ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންނަށް ޖޮއިންޓް ވެވޭނީ ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން އެ މީހަކާ ޖޮއިންޓް ވުމުގެ ތިމާގެކަމުގެ ގުޅުން އޮތް "ޖޮއިންޓް ވެގެން ގޯތި ލިބޭ" ސްޓޭޓަސްގެ މީހުންނާ އެކަންޏެވެ. އެކަމަކު ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތުހަމަވޭ ޖޮއިންޓުވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުގެ ތެރެއިން "ގޯތި ލިބޭ" މީހުންނާ ވެސް ޖޮއިންޓް ވެގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ފަހުން އޮތީ ހުޅުވާލައިފަ އެވެ.
"ޝަރުތު ހަމަވެ އަލަށް ޖޮއިންޓްވާން ޖެހޭ ލިސްޓުގައި ތިބި މީހުން ވަކިން އެނަލައިޒްކުރަން ޖެހޭނެ. އެކަމަކު ލިބިފައި ތިބި މީހުންގެ ތެރެއަށް ޖޮއިންޓްވާ މީހުން އިތުރަށް އިވެލުއޭޓްކުރާކަށް ނުޖެހޭނެ. އެއެއްޗެހި އަވަސްވާނެ ފަސޭހަވާނެ ދާއިމީ ލިސްޓް ނުކުންނަ އިރު ނުކުންނާނެ," އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނެއް ލިސްޓު ނެރެން ދުވަސްކޮޅެއް ނަގާނެ އެވެ.
ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް ވެސް ބުނެފައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.
ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ
ފްލެޓާއި ގޯތި ދޫކުރާ ކޮމިޓީ އުފައްދައިފި
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
"ދަފްތަރުގައި ތިބި މީހުންނަށް މާލެއިން ގޯތި ލިބޭނެ"
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް
400 އަކަފޫޓުގެ ގޯތި ދޫކޮށްލާ ނަމަ ފްލެޓް ދޭނީ ހިލޭ
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި