26 ޖޫން 2022
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ 4،000 ފްލެޓަށް ކުރިމަތިލާ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓުގެ ގޯއްޗެއް އޮވެ، އެ ގޯތި ސަރުކާރަށް ދޫކޮށްލާ މީހުން ފްލެޓަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ 4،000 ފްލެޓަށް ކުރިމަތިލާ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓުގެ ގޯއްޗެއް އޮވެ، އެ ގޯތި ސަރުކާރަށް ދޫކޮށްލާ މީހުން ފްލެޓަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
"ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް ތައާރަފުކޮށް ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައި ޕްލޭނިން މިނިސްޓްރީން ވަނީ އެ ދެ ސްކީމް މެދުވެރިކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކާއި ޕޮއިންޓް ދޭނެ ގޮތުގެ އުސޫލު ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.
މިކަމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީން ބުނީ 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އޮންނަ މީހަކަށް ފްލެޓް ލިބިއްޖެ ނަމަ، އެ ބިން ސަރުކާރަށް ދޫކޮށްލުމުގެ ފުރުސަތު އެމީހާއަށް ލިބޭ ކަމަށެވެ. އެމީހާ ދޫކޮށްލާ ބިމަކީ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނަމަ އެ މީހަކު ފްލެޓްގެ ކުލި ދައްކަން ނުޖެހޭނެ ކަމަަށް މިނިސްޓްރީން ބުންޏެވެ.
"ދެން އެ މީހަކު ދައްކަން ޖެހޭނީ މެއިންޓެއިނަންސް ފީގެ ގޮތުގައި ނޫނީ އިންޝިއުރަންސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެކަނި،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ދޫކޮށްލާ ނަމަ، އެ މީހަކު ދޫކޮށްލާ ބިމުގެ އަކަފޫޓަކަށް 3،500ރ. ގެ މަގުން ޖެހޭ އަދަދު ފްލެޓްގެ އަގުން އުނިކޮށްދޭނެ ކަމަށެވެ. އަދި ބާކީ ބައި ފްލެޓްގެ އަގު ދައްކަން އޮންނަ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ކަމަށް ބުންޏެވެ.
ހިޔާ ފްލެޓްތައް ކައިރީގައި މި ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ ކަމަށާއި ދެ ކޮޓަރީގެ ފްލެޓްތަކުގެ އަގު 7،000-8،000ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
"އަންނަ އަހަރުގެ މެދު ތެރޭގައި ރަޖިސްޓްރީ ހަވާލުކުރެވޭނެ."
• 18 އަހަރުވެފައިވާ ދިވެއްސަކަށްވުން.
• މާލޭގެ ރަށްވެއްސަކަށްވިތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރުވެފައިވުން.
• އެޕްލިކެންޓަކާއި ކޯއެޕްލިކެންޓަކީ ވެސް ސަރުކާރުން މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމަކުން ފްލެޓެއް/ ގޯއްޗެއް އޮތް މީހަކަށް ނުވުން.
• އެޕްލިކޭޝަން ހުށަހަޅާ ފަރާތަަކީ ޕްރައިވެޓް ރިއަލްއެސްޓޭޓުން 600 އަކަފޫޓުގެ ބޯހިޔާވަހިކަމެއް ގަނެފައިވާ ނުވަތަ ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ މީހަކަށް ވެގެން ނުވާނެ.
• އެޕްލިކޭޝަން ހުށަހަޅާ ތާރީހާ ހަމައަށް މައި އެޕްލިކެންޓް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 600 އަކަފޫޓު ނުވަަތަ އެއަށް ވުރެ ބޮޑު ބިމެއް މީހަކަށް ދީފައި ނުވަތަ ވިއްކާފައިވާ މީހަކަށް ނުވާނެ.
• މަހަކު ލިބޭ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑުވެގެން ނުވާނެ.
• މައި އެޕްލިކެންޓް ނުވަތަ ކޯ އެޕްލިކެންޓްގެ ނަމުގައި މާލޭ ސަރަަހައްދުގައި 600 އަކަފޫޓުގެ ނެތް ނަމަ 25 މާކްސް
• މައި އެޕްލިކެންޓްގެ 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީގޮތުން ބެލެނިވެރިކަމާ ހަވާލުވެގެން އުޅޭ ކުދިންގެ އަދަދަށް ޖުމްލަ 25 މާކްސް (1-2 ކުދިންނަށް 12 މާކްސް/ ތިން ކުދިން ހަތަރު ކުދިން ނަމަ، 17 މާކްސް/ ފަސް ކުދިންނާއި ހަ ކުދިންނާ ނަމަ 23 މާކްސް އަދި ހަތް ކުދިންނަށް ވުރެ އިތުރު ނަމަ 25 މާކްސް )
• ދިރިއުޅުމުގެ ހާލަތު - 25 މާކްސް (ދިރިއުޅެނީ ދެމަފިރިން އެކަނި ނަމަ - 5 މާކްސް/ ދެމަފިރިން ނޫން ދެ މީހުން އެއް ކޮޓަރީގައި ނިދާނަމަ 16 މާކްސް/ ދެމަފިރިންނާއި ފަސް އަހަރުން ކުދިން އެކުގައި ނިދާ ނަމަ، 21 މާކްސް/ ހަތަރު މީހުން އެއް ކޮޓަރީގައި ނިދާ ނަމަ 23 މާކްސް/ ފަސް މީހުންނަށް ވުރެ ގިނައިން އެއް ކޮޓަރީގައި ނިދާ ނަމަ، 25 މާކްސް)
• ދިރިއުޅޭ ތަނުގައި ނިދުމަށް ހާއްސަ ކޮޓަރިއެއް ނެތް ނަމަ 25 މާކްސް (ދިރިއުޅޭ ތަނުގައި ކައްކާ ކައިބޮއެ ހަދާ ފަރާތްތައް)
• ކެއުން ބުއިން ހިމެނޭ ގޮތަށް ބަދިގެ ހިމެނޭ ބައި 180 އަކަފޫޓަށް ބޮޑު ނަމަ، މާކްސްއެއް ނުލިބޭ.
• ބަދިގެ އޭރިއާ 90 އަކަފޫޓާއި 180 އަކަފޫޓާ ދެމެދު ނަމަ ހަތަރު މާކްސް.
• ބަދިގެ އޭރިއާ 90 އަކަފޫޓަށް ވުރެ ކުޑަ ނަމަ، އަށް މާކްސް.
• ކެއްކުމާއި ނިދުން ހަމަޖެހިފައި ވަނީ ކޮޓަރީގައި ނަމަ 12 މާކްސް.
• އެއް ފާހާނާއެއް ދެމަފިރިން އެކަނި ބޭނުންކުރާ ނަމަ މާކްސް ނުލިބޭ.
• ފަސް އަހަރުން ދަށުގެ ދަރިންނާއި ދެމަފިރިން އެކަނި އެއް ފާހާނާ ބޭނުންކުރާ ނަމަ، ހަތަރު މާކްސް/ ތިނެއް ނުވަތަ ހަތަރު މީހުން އެއް ފާހާނާ ބޭނުންކުރާ ނަމަ، ހަ މާކްސް/ ފަހެއް ނުވަތަ ހަ މީހުން ބޭނުންކުރާ ނަމަ އަށް މާކްސް އަދި އަށް މީހުންނަށް ވުރެ ގިނައިން ބޭނުންކުރާ ނަމަ 13 މާކްސް.
• ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތެއް ހުރި ނަމަ 10 މާކްސް. (އެންސްޕާ އިން ދީފައިވާ ކާޑުގެ ނަމްބަރު ހުށަހަޅަން ޖެހޭ)
"ގެދޮރުވެރިޔާ" ޕޯޓަލް ޑިޒައިންކޮށްފައިވާ ގޮތުން ފްލެޓަށް ފޯމު ހުށަހެޅުމަށް ފަހު ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ވެސް ލިޔުން ހަވާލުކުރެވޭނެ އެވެ.
• އުމުރުން 18 އަހަރުވެފައިވާ މާލޭ މީހަކަށް ވުން. (އެއްވެސް އިރެއްގައި މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ނުވާ މީހުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓުގެ ނުވަތަ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނެތް މީހުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ ނަމަ އެތަން އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ މީހަކަށްވުން.
• ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން މިހާތަނަށް ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށް ނުވުން.
• މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗެއް ބަހައިގެން ލިބިފައިވާ މީހެއް ނަމަ އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށްދީ ނުވަތަ ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާ މީހަކަށް ނުވުން.
— Min.of National Planning, Housing & Infrastructure (@MoNPHImv) June 26, 2022
• އެކަކަށް ވުރެ ގިނަ މީހުން ގުޅިގެން އެޕްލިކޭޝަން ހުށަހެޅިދާނެ.
• ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭނީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީވެފައިވާ ބެހެނިވެރިން.
• އާއިލާއެއް. [މަންމަ އާއި ބައްޕަ އަދި ދަރިން]
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ގޯތި ދޭއިރު ބަލާނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމާއި އެފަރާތުގެ އާމްދަނީ އަދި އާއިލާގެ ހާލަތަށެވެ.
މިނިސްޓްރީން ބުނީ ގޯތި ދޭއިރު އެންމެ ބޮޑަށް އިސްކަން ދޭނީ އާއިލާގެ ހުރިހާ ބެހެނިވެރިން އެކުގައި ހުށަހަޅާ އެޕްލިކޭޝަނަށް ކަމަށެވެ. ދެވަނައަށް އިސްކަން ދޭނީ އާއިލާގެ މެމްބަރުންގެ ތެރެއިން އެކަކަށް ވުރެ ގިނައިން އެކުގައި ހުށަހަޅާ އެޕްލިކޭޝަނަށެވެ. އެކަނި ހުށަހަޅާ އެޕްލިކޭޝަން ހިމެނެނީ އިސްކަންދޭ ލިސްޓުގެ އެންމެ ތިރީގަ އެވެ.
މާލޭ ސަރަހައްދުން 40 އަހަރަށް ފަހުން ގޯތި ދޫކުރާއިރު އެންމެ ކުޑަ އަކަފޫޓަކަށް ދޫކުރަނީ 1،225 އެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ އެވެ. އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓެވެ.
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ
ފްލެޓާއި ގޯތި ދޫކުރާ ކޮމިޓީ އުފައްދައިފި
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
"ދަފްތަރުގައި ތިބި މީހުންނަށް މާލެއިން ގޯތި ލިބޭނެ"
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ގޯތީގެ އެއްބަސްވުމުގައި 8،250 މީހަކު ސޮއިކޮށްފި
ރަޖިސްޓަރީ ދޫކުރުން ބާރަށް ކުރިއަށް އެބަދޭ: ރައީސް
4،000 ފްލެޓް ދޫކުރުމުގެ ތަފުސީލު އަންނަ ހަފުތާގައި