ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަނަށް 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
25 ފެބުރުއަރީ 2024
ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަނަށް 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގޯތި ދޫކުރީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ.
އެ މަސައްކަތުގެ ދަށުން މިހާތަނަށް ކުރިއަށް ގޮސްފައިވާ މަސައްކަތުގެ ތަފުސީލު މީޑިއާއާ ހިއްސާކޮށް، ހައުސިން މިނިސްޓްރީން ބުނީ 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާއިރު ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ 118 މީހަކާ ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހަކު ވެސް އުޅެ އެވެ. އަދި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާތީ ސޮއެއް ނުކުރެވެ އެވެ. ބިން ލިބުނު ފަހުން 12 މީހަކު މަރުވި އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެ އެވެ. އެކަަމަކު، އެއީ ކޮން ސަބަބުތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު 212 މީހަކާ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނިގޮތުގައި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ދެ ވަނަ ފުރުސަތެއް ވެސް ދީފަ އެވެ.
އެ ސްކީމުގެ ދަށުން ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރެވި ވާ މީހުންނަށް، އެ ހަވާލު ކުރުމަށް ކުރުމަށް ގުޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިން ކަމަށް ވެސް ބުންޏެވެ.
ކުރީގެ ސަރުކާރުން ހިންގި އެ މަޝްރޫއުއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ޝަކުވާ އޭސީސީ އަށް ކޮށްފައިވާތީ އެކަން އެ ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު މި މަޝްރޫއު މިހާތަނަށް ނުހުއްޓުވަ އެވެ.
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ގުޅިފަޅަށް ގޯތި ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި
ހުޅުމާލެ 2 އިން 538 ގޯތި ހަވާލުކޮށްފި
ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި
ގިރާވަރާއި ގުޅިފަޅު ނިންމުމުގެ ސްޕީޑް އަވަސްކުރަނީ!
ގިރާވަރުފަޅުން ދޫކުރި ގޯތިތަކެއް ގުޅިފަޅަށް ބަދަލުކުރަނީ
ގޯތި ރަޖިސްޓްރީ ހަވާލުނުވާ މީހުންނަށް އިތުރު ފުރުސަތެއް
ގުޅިފަޅާއި ގިރާވަރުފަޅުގެ އެލްޔޫޕީ އަލުން ހަދައިފި
ރަޖިސްޓަރީ ދޫކުރުން ބާރަށް ކުރިއަށް އެބަދޭ: ރައީސް