Roadha Mihaaru
ހުޅުމާލެ 2 އިން 538 ގޯތި ހަވާލުކޮށްފި

ހުޅުމާލެ 2 އިން މާލޭ މީހުންނަށް 538 ގޯތި ހަވާލުކޮށްފި

27 ޖޫން 2024

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ 2 އިން ލިބިފައިވާ 538 ގޯތި އެ ތަންތަން ލިބުނު މީހުންނާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ 2 އިން ލިބިފައިވާ 538 ގޯތި އެ ތަންތަން ލިބުނު މީހުންނާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބުނީ ހުޅުމާލެ 2 އިން މިހާތަނަށް 538 ގޯތި، އެ ގޯތިތައް ލިބުނު މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ކުރިން ނުދެވި ހުރި 45 ގޯތި ހަވާލުކުރީ އިއްޔެ ކަމަށާއި މި ހަފުތާގައި ޖުމްލަ 57 ގޯތި އެ ތަންތަން ލިބުނު މީހުންނާ ހަވާލުކުރެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު މީހުން ބިމާ ހަވާލުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު މީހުން ބިމާ ހަވާލުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން 1،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެއިން ދޫކުރާ 1،000 ބިމާ އެކު މާލޭގެ ރަށްވެހިންނަށް 9،000 ގޯތި ދޫކުރަން ކުރީ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޯތިތައް ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

މިހާރު ހިއްކަމުން އަންނަ ހުޅުމާލެ 3 އިން ވެސް މާލޭ މީހުންނަށް ގޯތި ދޭނެ އެވެ. އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު މި ހަފުތާގައި އަނެއްކާ ވެސް ވަނީ ފަށައިފަ އެވެ.

ބިންވެރިޔާ ސްކީމަށް ހުޅުމާލެއިން ހިލޭ ދޫކުރާ މި ބިންތަކުގެ ސަބަބުން އެޗްޑީސީ އަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މި މަހު އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއު ރިޕޯޓްގައި ބުނެފައިވެ އެވެ.