06 މާޗް 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތައް ނިމި، ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތައް ނިމި، ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.
ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހު ހަވާލުކުރަން ނިންމާފައިވާ ކަން ސާކިއުލާއަކުން މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ. މި ފްލެޓްތަކަށް މުވައްޒަފުން އައީ ކުރިއްސުރެން ފައިސާ ދައްކަމުންނެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމެންޓެވެ.
މި ފްލެޓްތަކަށް ކުންފުނީގެ 300 މުވައްޒަފުން ކުރިމަތިލިއިރު އުސޫލު އޮތީ، ކުރިމަތިލާ އެންމެން ވެސް ޝަރުތު ހަމަވެ ފްލެޓް ލިބޭ ގޮތަށެވެ. ހަ ފްލެޓެއް ބޯޑު މެމްބަރުންނަށް ހާއްސަކުރި އެވެ.
އުސޫލުގައި އޮތީ، މާލޭގައި އަމިއްލަ ގެއެއް ހުއްޓަސް ފްލެޓް ލިބޭ ގޮތަށެވެ.
ސްޓެލްކޯގެ ފްލެޓްތައް: މިތަންތަނުގައި ދެތިން މަސް ތެރޭގައި ދިރިއުޅެން ފެށޭވަރަށް ވަނީ ނިމިފައި. -- ފޮޓޯ/ މިހާރު
މީގެ ތެރެއިން ފްލެޓެއް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ދާދި ފަހުން ވަކިކޮށް، އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ހަސަން މުޣުނީ އަށް ވެސް ލިބިވަޑައިގަތެވެ. އޭނާ ވަނީ އެ ފްލެޓަށް ފައިސާ ވެސް ދައްކަވައިފަ އެވެ.
ސްޓެލްކޯގެ ފްލެޓް ދޫކުރި އުސޫލާ މެދު ކަންބޮޑުވުންތަކެއް ހުރެގެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބެލި އެވެ. އެ ކުންފުނީގައި ތިން މަސް (ދާއިމީ) ނުވާ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމުމާއި މާލޭގެ ގެދޮރު ހުރި މީހުންނާއި ސްޓެލްކޯގެ އިސްވެރިންނާއި ބޯޑު މެމްބަރުންނާއި ސްޓެލްކޯގެ ފްލެޓް ކޮމިޓިގެ ހުރިހާ މެމްބަރުންނާއި އެ ކުންފުނީގައި ނޫޅޭ މުވައްޒަފުންނަށް ދޫކުރި ކަމުގެ ޝަކުވާތައް ބަލައި ކޮމިޓީން ނިންމީ އުސޫލު އިސްލާހު ކުރަން އެންގުމަށެވެ.
އެކަމަކު ސްޓެލްކޯ އިން ވަނީ އެ އުސޫލު ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ކުރިމަތިލާ ކޮންމެ މީހަކަށް ފްލެޓް ލިބޭ ގޮތަށް ހެދީ ފުރަތަމަ އިއުލާންކޮށް، ތަރުހީބެއް ނުލިބުމުންނެވެ. ފަހުން ހުޅުވާލައި ކުރިމަތިލީ މުވައްޒަފުންނާ އެކު ވަނީ އެއްބަސްވުން އެކުލަވާލައިފަ އެވެ.
"ކުރިން ފްލެޓުތައް ދޫކުރި މީހުންނާ އެކު ވަނީ ކޮންޓްރެކްޓް ހަދާފައި. އެހެންކަމުން އެ އުސޫލުތައް ބާތިލުކޮށް ފްލެޓުތައް ނަގަންޏާ ގާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ. މީގެ ސަބަބުން ކުންފުނި ބަދުނާމުވެ އިތުރު ހަރަދުތައް ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް،" ކުރީގެ އެމްޑީ، މުޣުނީ ވިދާޅުވެފައި ވެ އެވެ.
ޔާމީންގެ ސަރުކާރުގައި، ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓް އަޅަން ނިންމައި ހުޅުވއިލުމުން 15 ކުންފުންޏަކުން މަޝްރޫއު ކުރިއަށް ގެންދަން އުޅުނެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ މި މަޝްރޫއު ކުރިއަށް ގެންދެވުނީ އެންމެ ހަ ކުންފުންޏަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޓެލްކޯގެ އިތުރުން އެމްޕީއެލް އާއި އެމްއޭސީއެލް އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ އަދި އެސްޓީއޯ އެވެ.
މީގެ ތެރެއިން މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ އެމްޓީސީސީ އާއި އެސްޓީއޯގެ ފްލެޓްތަކެވެ.
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ފްލެޓްތައް "ބަހާލީ" ސިއްރު ކޮޓަރިއެއްގައި ތިބެ!
މަރުވި/ވަރިވި މީހުންގެ ފްލެޓްގެ މައްސަލަ ހައްލުކުރަނީ