06 ޖުލައި 2020
ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓުތައް ހަވާލުކުރެވޭ ވަރަށް ނިންމަން އަދި ހަތް މަސް ނުވަތަ އަށް މަސް ނަގާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓުތައް ހަވާލުކުރެވޭ ވަރަށް ނިންމަން އަދި ހަތް މަސް ނުވަތަ އަށް މަސް ނަގާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ދެ ވަނަ ފިޔަވަހީގައި އަޅާ 25 ބުރީގެ 16 ޓަވަރުގެ ގްރައުންޑް ފްލޯ ވިޔަފާރި ބޭނުންތަކަށް ޚާއްސަކުރުމުން ފްލެޓްތަކުގެ ޖުމްލައަކީ މިހާރު 6،720 އެވެ. މިތަންތަން ހަވާލު ކުރަން ނިންމާފައި ވަނީ ފިނިޝިންގެ މަސައްކަތް ނުލަ އެވެ.
ފްލެޓްތައް ހަވާލުކުރުން ލަސްވެގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިނިސްޓަރު އަސްލަމް މިއަދު ދެއްވި ތާރީޚަކީ އެ ޓަވަރުތަކުގައި ފެނާއި ކަރަންޓުގެ ޚިދުމަތް ގާއިމްކޮށް ނިމޭނެ ތާރީޚެވެ. އޭގެ ފަހުން، ދޮރުތަކާއި ތަށިމުށި ޖެހުމާއި ފަންކާ އާއި ލައިޓް ހަރުކޮށް ކުލަލުން ފަދަ ކަންކަން ކުރަން ޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ.
ކުރިން ވަކިން ހިންގި ޕްލޭނިން އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި އެ ދެ މަސްއޫލިއްޔަތު ހަވާލުކުރި ވަޒީރަކަށް އަސްލަމް ހަމަޖެއްސެވި ފަހުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން އެއްބަސްވެފައިވާ ފްލެޓްތައް ކުރިން ވެސް ހަމަޖައްސާފައި އޮތީ ފިނިޝިންއާ ނުލައި ފްލެޓްތައް ހަވާލުކުރަން ކަމަށެވެ.
"ނަމަވެސް ނުނިމި ހުރި މަސައްކަތުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތަކީ ފްލެޓްތަކުގެ ތަޅުން އެޅުން. ކަރަންޓް މީޓަރު ހަރުކުރުން. ފެން މީޓަރު ހަރުކުރުން. އެއީ ކޮންޓްރެކްޓަރާ އެކީ އެއްބަސްވުމުގެ ދަށުން ނިންމަން ޖެހޭ ކަންކަން، އެޗްޑީސީ އަށް ކޮންޓްރެކްޓާ އަންގަނީ މި މަސައްކަތް ނިންމަން އަށް މަސް ދުވަސް ނަގާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
ދެ ވަނަ ފޭހުގައި އިމާރާތްކުރާ ފްލެޓްތައް: ކޮމާޝަލް ކަންތައްތަކަށް ގްރައުންޑް ފްލޯ ހާއްސަކުރުމުން 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި ދެ ވަނަ ފޭހަށް ދާއިމީ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ މަސައްކަތަށް ވެސް 7-8 މަސް ނަގާނެ އެވެ.
"އެހެންވީމާ މީގެއިން ތަނަކަށް މީހަކަށް ވަދެވޭނީ އަދި މީގެ އަށް މަސް ދުވަސް ފަހުން،" އަސްލަމް ވިދާޅުވި އެވެ.
ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން ފެށި މި މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވަނީ ލޯނެއް ނަގައިފަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
ފްލެޓްތަކުގެ ފިނިޝިން ބައި ވެސް ނިންމާފައި ހައްގުވެރިންނަށް އެތަންތަން ހަވާލުކުރަން މި ސަރުކާރުން ފުރަތަމަ ކަނޑައެޅީ 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގާށެވެ. އެކަމަކު މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ފިނިޝިން ބައި ނުނިންމާ ހަވާލުކުރާށެވެ. އެހެންކަމުން އިތުރު ލޯނެއް އެ ކަމަކަށް ނުނަގާނެ އެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރުގެ ކޮންމެ ފްލޯއެއްގައި، 572 އަކަފޫޓުގެ 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ހިޔާ ފްލެޓްތަކުގެ ހަތަރު ކެޓަގަރީއެއްގެ ލިސްޓު ނެރެފި