07 ފެބުރުއަރީ 2018
މާލޭގައި އިމާރާތްކޮށްފައިވާ ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ "ގެދޮރު އަގު ހެޔޮކުރުމުގެ ލޯނު ސްކީމް" ގެ ދަށުން އެކި ބޭންކުތަކުން 55 މީހަކަށް ލޯނު ދީފައިވާ ކަމަށް ބުނެފި އެވެ.
މާލޭގައި އިމާރާތްކޮށްފައިވާ ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ "ގެދޮރު އަގު ހެޔޮކުރުމުގެ ލޯނު ސްކީމް" ގެ ދަށުން އެކި ބޭންކުތަކުން 55 މީހަކަށް ލޯނު ދީފައިވާ ކަމަށް ބުނެފި އެވެ.
މަރުކަޒީ ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓާޓާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކަށް އެ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލޯނު ދިނުމަށްފަހު މިހާރު ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"މިފަހަރު ވަކި ތަނަކުން ފްލެޓް ގަތް ގަންނާކަށް ހާއްސަކޮށްފައެއް ނެތް. އެ މީހަކު ބޭނުން ތަނަކު ފްލެޓް ގަންނަން މި ސްކީމްގެ ދަށުން ހުށަހެޅޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން މިދިޔަ އަހަރު އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ޑައުންޕޭމަންޓަށް 20 ޕަސެންޓަށް ވުރެ މަތީ އަދަދެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ. އަދި 10-20 ޕަސެންޓާ ދެމެދުގެ ޑައުންޕޭމަންޓެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5.5 ޕަސެންޓެވެ. ޑައުންޕޭމަންޓް 5-10 ޕަސެންޓާ ދެމެދުގައި ނަމަ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.
އެ ގަވާއިދުގެ ދަށުން ލޯނު ކުރިން ދޫކުރީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އެވެ. ޓާޓާ ފްލެޓްތައް ވިއްކީ ދެ މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދު 2.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ.
އެމްއެމްއޭ އިން ހެދި ގަވައިދުގައިވާ ގޮތުން ލޯނުގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި އިންޓަރެސްޓް ރޭޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ އެވެ. އަދި އޭގެ ފަހުން އިންޓްރަސްޓް ރޭޓަށް ބަދަލެއް ގެނެވޭނީ މާކެޓަށް އަންނަ ބަދަލަކާ ގުޅިގެން އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ގަވާއިދުގެ ދަށުން ދޫކުރާ ލޯނު ދައްކަން، މަދުވެގެން 25 އަހަރު ދޭން ޖެހެ އެވެ. ނަމަވެސް ލޯނު ނަގާ ފަރާތަކުން އެ މުއްދަތަށް ވުރެ ކުރިން ލޯނު ދައްކަން ބޭނުންވާ ނަމަ، އެ މީހަކު އެދޭ މުއްދަތެއް ހަމަޖައްސައި ދެވިދާނެ އެވެ.
ބޭންކުތަކުން ދޫކުރާ ހައުސިން ލޯނުގެ އެންމެ ކުޑަ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ. ނުވަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓް ލިބޭނީ ޑައުންޕޭމަންޓަށް 50 ޕަސެންޓް ވަރު ދެއްކުމުންނެވެ.
ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރެއިން ލޯނު ހަމަނުޖެހުނު މީހުންގެ ފްލެޓްތައް ވެސް ދެ މިލިއަން ރުފިޔާއަށް ވިއްކަން އެޗްޑީސީން ވަނީ ހުޅުވާލާފައިވެ އެވެ.
ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކަން މުހުލަތެއް ދީފި
ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކުން 20 އަހަރަށް
ޓާޓާގެ 47 ފްލެޓް ވިއްކައި ނިމިއްޖެ
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ
ޓާޓާ ފްލެޓަށް ހޮވުނު 160 މީހަކު އާ ލޯނު ސްކީމަށް
ގެދޮރު ލޯނުގެ އިންޓަރެސްޓް ދަށްކުރަން ޖެހޭ: އަޒީމާ
ބިން ދޫކޮށްލާ މީހުން ޖޫންގެ ކުރިން ފައިސާ ދައްކަންޖެހޭ
ފްލެޓަށް ފައިސާ ނުދެއްކި މީހުންނާ މެދު ގޮތެއް ނުނިމޭ
ފްލެޓަށް ކުރި އިންތިޒާރު ހިތްދަތި ގޮތަކަށް ނިމިއްޖެ!
ޓާޓާ ފްލެޓަށް ލޯނު ލިބުނީ އެންމެ 26 މީހުންނަށް