އަންކާރާ (ޖޫން 14) - ގަތަރު އެކަހެރި ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތް، އިސްލާމީ އުސޫލާ ޚިލާފު ކަމެއް ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދާޣާން ވިދާޅުވެއްޖެ އެވެ.
14 ޖޫން 2017
އަންކާރާ (ޖޫން 14) - ގަތަރު އެކަހެރި ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތް، އިސްލާމީ އުސޫލާ ޚިލާފު ކަމެއް ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދާޣާން ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ ގަތަރު މައްސަލަ ހައްލު ކުރުމަށް ސައުދީ އަރަބިއާ އިން އިސް ރޯލެއް އަދާކުރުމަށް ގޮވާލައްވައިފަ އެވެ.
"ތުރުކީއާ އެކު އިސްލާމިކް ސްޓޭޓް (އައިއެސް)އާ އެންމެ ބޮޑަށް ދެކޮޅު ހެދި ގައުމަކީ ގަތަރު. އެ ގައުމާ ދެކޮޅަށް މި ހިންގާ ކެމްޕޭނުގެ މަގްސަދެއް ނެތް،" އުރުދުޣާން ވިދާޅުވި އެވެ. "ގަލްފުގެ ލީޑަރެއްގެ ހައިސިއްޔަތުން ސައުދީ ރަސްގެފާން އިސް ނަންގަވާ މި މައްސަލަ ހައްލު ކުރަން ޖެހޭ."
އުރުދުޣާން ވިދާޅުވީ ކޮންމެ ގޮތަކުން ބެލި ނަމަވެސް އިސްލާމީ ގައުމެއް އެކަހެރި ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތް އިސްލާމް ދީނުގެ މަތިވެރި އުސޫލާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އަަދި އެކަން އުރުދުޣާން ސިފަ ކުރައްވާފައި ވަނީ ގަތަރަށް ދިން މަރުގެ އަދަބެއްގެ ގޮތުގަ އެވެ.
ގަތަރާ ގަލްފުގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ.
ގަތަރާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ އުރުދުޣާން ވިދާޅުވީ އޯއައިސީގެ ޗެއާގެ ހައިސިއްޔަތުން ވެސް ތުރުކީން ދަނީ ގަތަރު އެކަހެރި ކުރުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ތުުރުކީން ވަނީ ގަތަރަށް ކާބޯތަކެތި ފޮނުވަން ފަށައިފަ އެވެ.
ގަތަރާ އިތުރަށް ގުޅުން ބަދަހި ކުރާނަން: އުރުދުޣާން
ގަތަރުގެ އަމީރު ޖެޓް ހަދިޔާ ކުރެއްވީ ގަންނަން ހުށަހެޅުމުން: އުރުދުޣާން
ގަތަރުގެ ދިފާއުގައި އުރުދުޣާން ނުކުންނަވައިފި
ތުރުކީން 30 ބިލިއަން ޑޮލަރުގެ ގޭހުގެ ރިޒާވެއް
އުރުގާންގެ ވާދަވެރިޔާއަށް ޓެރަރިޒަމްގެ ތުހުމަތު
ސީރިއާގައި ޓެރަރިސްޓުންނަށް ޖާގައެއް ނެތް: އުރުދުޣާން
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް
ތުރުކީގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ބަޔަކު ހައްޔަރު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން