Roadha Mihaaru

ގަތަރުގެ ދިފާއުގައި އުރުދުޣާން ނުކުންނަވައިފި

އިސްތަންބޫލް (ޖޫން 7) - ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނާ ގަތަރާ ބައެއް ގައުމުތަކުން ގުޅުން ކަނޑާލި ނަމަވެސް ގަތަރުގެ ދިފާއުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނުކުންނަވައިފި އެވެ.

ގަތަރުގެ ދިފާއުގައި އުރުދުޣާން ނުކުންނަވައިފި
ހަސަން އާމިރު
ހަސަން އާމިރު

07 ޖޫން 2017

އިސްތަންބޫލް (ޖޫން 7) - ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނާ ގަތަރާ ބައެއް ގައުމުތަކުން ގުޅުން ކަނޑާލި ނަމަވެސް ގަތަރުގެ ދިފާއުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނުކުންނަވައިފި އެވެ.

އުރުދުޣާން ވިދާޅުވީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނާ ވާހަކައަކީ ތެދެއް ނަމަ އެ މައްސަލަ ހައްލު ކުރުމުގައި އަމިއްލަ ގޮތުން ވެސް އެހީތެރިވެދިނީސް ކަމަށެވެ.

އުރުދުޣާން ވިދާޅުވީ ސައުދީ އަރަބިއާ އިން އިސްވެ ގަތަރާ ގުޅުން ކަނޑާލާ އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެމަނިކުފާން ހުންނަވާނީ ގަތަރުގެ ދިފާއުގައި ކަމަށެވެ.

"ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްގޮތަކުން ވެސް ރަނގަޅު ކަމެއް ނޫން،" އަންކަރާގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ. "ގަތަރަށް ދަތި ހާލު ޖެހުނު ދަނޑިވަޅުގައި ތުރުކީން އެ ގައުމާ ގުޅުން ބަދަހިކޮށް ހުރިހާ އެއްބާރުލުމެއް ވެސް ދޭނެ. ތުރުކީ އަށް ދަތި ހާލު ޖެހުނު ވަގުތު ވެސް ރަހުމަތްތެރި ގައުމުތަކުން ވަނީ އެއްބާރުލުން ދީފައި."

އުރުދުޣާން ވިދާޅުވީ ގަތަރު އެކަހެރި ކުރުމުން މައްސަލަ އަށް ހައްލެއް ނުފެންނާނެ ކަމަށެވެ. ގަތަރަށް ކޮށްފައިވާ ޓެރަރިޒަމުގެ ތުހުމަތާ ގުޅިގެން އުރުދުޣާން ވިދާޅުވީ ގަތަރުގެ ލީޑަރުން އޭނާ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި އެ ގައުމުން ޓެރަރިޒަމަށް ތާއީދު ކުރާ ނަމަ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާނެ ލީޑަރަކީ އޭނާ ކަމަށެވެ.

ގަތަރާ އެކު ތުރުކީން ގާތް ގުޅުމެއް ބާއްވަ އެވެ. އަދި ސައުދީ އަރަބިއާ އެކު ވެސް ތުރުކީން ގާތް ގުޅުމެއް ބާއްވަ އެވެ.