ދޯހާ (ޖޫން 8) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ އަދި އިގްތިސާދީ ގޮތުން ފިޔަވަޅުތައް އަޅާފައިވާތީ ގަތަރަށް ކާނާގެ ދަތިކަން ކުރިމަތިވެދާނެތީ އެ ގައުމަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށް ދިނުމަށް ތުރުކީ އާއި އީރާނާ އެކު މަޝްވަރާ ކުރަން ފަށައިފި އެވެ.
08 ޖޫން 2017
ދޯހާ (ޖޫން 8) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ އަދި އިގްތިސާދީ ގޮތުން ފިޔަވަޅުތައް އަޅާފައިވާތީ ގަތަރަށް ކާނާގެ ދަތިކަން ކުރިމަތިވެދާނެތީ އެ ގައުމަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށް ދިނުމަށް ތުރުކީ އާއި އީރާނާ އެކު މަޝްވަރާ ކުރަން ފަށައިފި އެވެ.
ގަތަރަށް ކާބޯތަކެތި އެންމެ ގިނައިން ސަޕްލައި ކުރި ދެ ގައުމަކީ ސައުދީ އަރަބިއާ އާއި ޔޫއޭއީ އެވެ. އެ ދެ ގައުމުން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެއްގަމާއި ކަނޑާއި ވައިގެ ބަނދަރުތައް ގަތަރަށް ބަންދުކޮށްފަ އެވެ.
"ގަތަރަށް ކާބޯތަކެތި ގެނައުމާ ގުޅޭ ގޮތުން ތުރުކީ އާއި އީރާނާ އެކު ދަނީ މަޝްވަރާ ކުރަމުން. އަދި އެހެން ބައެއް ގައުމުތަކާ ވެސް ދަނީ މަޝްވަރާ ކުރަމުން. ސަޕްލައި ގެނައުމަށް ހަމަޖެހިފައި ވަނީ ގަތަރު އެއާވޭސްގެ ކާގޯ ބޯޓުތަކުގައި،" ގަތަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމާ ގުޅިގެން ގަތަރުގައި ހޯމަ ދުވަހުން ފެށިގެން ވަނީ ކުއްލި އަކަށް ގިނަ ބަޔަކު ވިޔަފާރި ކުރަން ފެށުމުން ފިހާރަތަކުން މުދާ މަދުވެފަ އެވެ. ނަމަވެސް ގަތަރު ސަރުކާރުން އަންގާރަ ދުވަހު ވަނީ ސުޕަމާކެޓްތަކުގައި އެކަށީގެންވާ ވަރަށް މުދާ ހުރިކަން ދައްކުވައިދޭ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. ނަމަވެސް ބައެއް މީހުން ބުނެފައި ވަނީ އެއްގަމު މަހާއި ކިރުގެ ބާވަތްތައް ލިބުން ވަނީ ދަތިވެފައި ކަމަށެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ގަތަރުގެ ދިފާއުގައި ނުކުންނަވައި އެ ގައުމަށް އެހީތެރިވެވެން އޮތް ގޮތަކުން އެހީވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގަތަރު މައްސަލަ ހައްލު ކުރުމުގައި އެހީތެރިވެ ދެއްވާނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.
ގޮވާމުގެ ދަތި ފިލާނީ ރަޝިޔާއަށް ދަތިކުރުން ހުއްޓާލުމުން
ގަތަރާ ގުޅުން ކަނޑާލަންޖެހޭ ސަބަބެއް ނެތް: މައުމޫން
300 ކޮންޓެއިނާގެ ކާނާ އޮމާނުން ގަތަރަށް އެތެރެ ކުރަނީ
ތުރުކީން 15 މަތިންދާ ބޯޓުގެ ކާނާ ގަތަރަށް ފޮނުވައިފި
ފަސް މަތިންދާ ބޯޓުގެ ކާނާ އީރާނުން ގަތަރަށް ފޮނުވައިފި
ގަތަރުގެ އެކުވެރިން ދޫކޮށްނުލާނެ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ
ގަތަރުގެ ދިފާއުގައި އުރުދުޣާން ނުކުންނަވައިފި
އަޅުގަނޑަށް ނުވިސްނުނު ކަމެއް!
ގަތަރުގެ މައްސަލަ ހައްލު ކުރަން އީރާނުން ގޮވާލައިފި
ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް؛ އެއްބާރުލުން ދޭނެ!