Roadha Mihaaru

ފަސް މަތިންދާ ބޯޓުގެ ކާނާ އީރާނުން ގަތަރަށް ފޮނުވައިފި

ތެހެރާން (ޖޫން 11) - އީރާނުގެ ގައުމީ އެއާލައިން، އީރާން އެއާގެ ފަސް މަތިންދާ ބޯޓުގެ ކާނާ ގަތަރަށް ފޮނުވާފައިވާ ކަމަށް ތެހެރާނުން ބުނެފި އެވެ.

ފަސް މަތިންދާ ބޯޓުގެ ކާނާ އީރާނުން ގަތަރަށް ފޮނުވައިފި
ހަސަން އާމިރު
ހަސަން އާމިރު

11 ޖޫން 2017

ތެހެރާން (ޖޫން 11) - އީރާނުގެ ގައުމީ އެއާލައިން، އީރާން އެއާގެ ފަސް މަތިންދާ ބޯޓުގެ ކާނާ ގަތަރަށް ފޮނުވާފައިވާ ކަމަށް ތެހެރާނުން ބުނެފި އެވެ.

"ކާނާގެ ބާވަތްތައް ބަރުކޮށްފައިވާ ފަސް މަތިންދާ ބޯޓުގެ ތަކެތި ގަތަރަށް ވަނީ ފޮނުވާފައި. އޭގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގިނަ އަދަދަކަށް ހިމެނޭ. ކޮންމެ ބޯޓެއްގައި 90 ޓަނުގެ ތަކެތި ވާނީ ފޮނުވާފައި. މިއަދު ވެސް އިތުރު ބޯޓެއްގައި ކާބޯތަކެތި ގަތަރަށް ފޮނުވަނަން ވަނީ ހަމަޖެހިފައި،" އީރާން އެއާގެ ތަރުޖަމާން ޝަހުރޫކް ނޫޝާބާދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަތަރަށް ޑިމާންޑް އޮތްހާ ހިނދަކު އީރާނުން މުދާ ފޮނުވާނެ ކަމަށެވެ. ނަމަވެސް މިއީ ގަތަރަށް އެކްސްޕޯޓްކުރާ ތަކެތި ކަމެއް ނުވަތަ އެހީގެ ގޮތުގައި ދޭ ތަކެތި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އީރާނުގެ ނިއުސް އެޖެންސީއަކުން ބުނީ ގަތަރަށް ކަނޑު މަގުން ގެންދިއުމަށް ޓަކައި ތިން ބޯޓަކަށް ވަނީ 350 ޓަނުގެ މުދާ ބަރުކޮށްފަ އެވެ.

އީރާނުން މިހާރު ވަނީ ގަތަރުގެ 100 އަށް ވުރެ ގިނަ ފްލައިޓަށް ކޮންމެ ދުވަހަކު ވެސް އީރާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ބުނެފަ އެވެ. އާ ފްލައިޓްތަކާ އެކު އީރާނުގެ އެއާ ޓްރެފިކް ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ. ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ ބޯޑަރު ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރަށް އެތެރެކުރާ ކާނާގެ 40 ޕަސެންޓް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.

ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ އަށް އިސްކަން ދިނުމަށް އީރާނުން ވަނީ ގޮވާލައިފަ އެވެ.