16 ފެބުރުއަރީ 2023
ދެ ގައުމުގެ މަސްލަހަތުތަކެއް ބަދަލުކުރުމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާ ސިއްރު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް، އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ދެ ގައުމުގެ މަސްލަހަތުތަކެއް ބަދަލުކުރުމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާ ސިއްރު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް، އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެމެރިކާގެ އެންބީސީން އިއްޔެ ބުނި ގޮތުގައި އީރާނާއި އެމެރިކާއާ ދެމެދު މިހާރު ކުރިއަށް ދާ ނުސީދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަނީ ގަތަރާއި އިނގިރޭސި ވިލާތެވެ. އެ ނޫހުން ބުނި ގޮތުގައި ދެ ފަރާތުގެ ދެމެދުގައި ކުރިއަށް ދާ ނުސީދާ މަޝްވަރާތަކުން ކުރިއެރުންތައް ލިބުނަސް، ކައިރި ކުރިމަގެއްގައި ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވޭ ވަރު ވާނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ.
ގަތަރާއި އިނގިރޭސި ވިލާތް މެދުވެރިވެގެން އެމެރިކާ އާއި އީރާނާ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަނީ، އީރާންގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ބައެއް ރައްޔިތުން މިނިވަންކުރުމާ ގުޅޭ ގޮތުންނެވެ. އޭގެ ބަދަލުގައި އެމެރިކާ އިން އީރާނަށް ކޮށްދޭނެ ކަމަކީ، އީރާނަށް ދަތިކުރުމަށް އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ދަށުން، ދެކުނު ކޮރެއާ އިން ހިފަހައްޓާފައި ހުރި އީރާންގެ ފައިސާތައް އީރާނަށް ލިއްބައި ދިނުމެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ދެކުނު ކޮރެއާ އިން ހިފަހައްޓާފައި ހުރި އީރާންގެ ފައިސާތަކުގެ ޖުމްލަ އަދަދު މުޅިން ކަށަވަރު ނުވިޔަސް، އެ ފައިސާގެ އަދަދު އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ދެ ފަރާތުގެ މެދުގައި ކުރަމުން އަންނަ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނާ ގޮތުގައި އީރާނަށް އެ ފައިސާތައް ދޫކުރާނީ ވަކި ކަހަލަ ކަންތައްތަކަށް ޚަރަދު ކުރެވޭ ގޮތަށެވެ.
އެ ފައިސާ އިން ޚަރަދު ކުރެވޭނީ، ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް އިންސާނީ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ހޯދަންޖެހޭ ތަކެތި ގަތުމަށެވެ. ދެކުނު ކޮރެއާ އިން ހިފަހައްޓާފައި ހުރި ފައިސާތައް އީރާނަށް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރާނެ ކަމަށް ބެލެވެނީ ގަތަރެވެ.
އީރާނާއި އެމެރިކާއާ ދެމެދު މިހާރު ކުރަމުން އަންނަ ނުސީދާ ސިއްރު މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، އީރާންގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ތިން ރައްޔިތުން މިނިވަންކޮށް އަނބުރާ ގައުމަށް ގެނައުމެވެ. އެ ތިން މީހުންނަކީ ވެސް އީރާނަށް އުފަން އީރާންގެ ރައްޔިތުން ކަމަށް ވިޔަސް، އެ ތިން މީހުންނަކީ ވެސް އެމެރިކާގެ ރައްޔިތުކަން ހޯދައިގެން އުޅޭ ތިން މީހުންނެވެ.
އީރާންގެ ރައްޔިތުކަން އޮންނަ މީހަކު އެހެން ގައުމެއްގެ ރައްޔިތުކަން ހޯދުމަކީ، އީރާންގެ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންކަމުން އީރާނުން ދެކޭ ގޮތުގައި އެ ތިން މީހުންގެ އަތުގައި އެމެރިކާގެ ޕާސްޕޯޓް އޮތަސް، އެ ތިން މީހުންނަކީ އީރާންގެ ރައްޔިތުންނެވެ.
އީރާނާއި އެމެރިކާ ކުށްވެރިން ބަދަލުކޮށްފި
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން
އެމެރިކާގެ އޮފިޝަލަކު މަރަން އުޅުނު މީހަކަށް ދައުވާ
އެމެރިކާ ވެރިޔަކު މަރަން ރޭވި މީހަކު ހައްޔަރުކޮށްފި
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ
ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގިން: އީރާން
އިޒްރޭލަށް ހަމަލާ ދީފާނެ، ކާމިޔާބެއް ނުވާނެ: ބައިޑެން