ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާނުން މީގެ އިރުކޮޅެއް ކުރިން ހަމަލާ ދީފި އެވެ.
23 ޖޫން 2025
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާނުން މީގެ އިރުކޮޅެއް ކުރިން ހަމަލާ ދީފި އެވެ.
ބީބީސީން ބުނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އިރާނުން ދިނީ މިސައިލް ހަމަލާއެއް ކަމަށެވެ.
އެކަމަކު ގަތަރުގައި މައި އޮފީސް ހުންނަ އަލްޖަޒީރާ އިން ބުނީ ހަމަލާ ދިނީ މިސައިލަކުން ކަމެއް ނުވަތަ ވައިގެ ހަމަލާއިން ދިފާއުވާ ނިޒާމަކުން ކަން ސާފުނުވާ ކަމަށެވެ.
އަލްޖަޒީރާއިން ބުނިގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުން ދޯހާގެ އެކި ސަރަހައްދުތަކަށް ރަތްކުލައިގެ ދުމެއް ފެތުރިފައި ވެ އެވެ.
މި ހަމަލާ ދޭން އުޅޭކަން އެމެރިކާ އާއި އިނގިރޭސި ވިލާތަށް ކުރިން އެނގިފައިވާ ކަމުގެ އިޝަރާތްތަކެއް އެ ދެ ގައުމުން ދިނެވެ. މިއަދު އެ ދެ ގައުމުން ވެސް ގަތަރުގައި ދިރިއުޅޭ އެ ދެ ގައުމުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރި އެވެ.
ހަމަލާއާ ގުޅިގެން ގަތަރުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފަ އެވެ.
ހަމަލާއިން ކުރިމަތިވީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ބެހޭގޮތުން އިރާނުން ބުނީ، ގަތަރުގެ ހުޅަނގު ސަރަހައްދުގައި ހުންނަ އަބޫ އުބައިދު އަސްކަރީ މަރުކަޒަށް އިރާނުގެ އަސްކަރިއްޔާ އިން ދިނީ "ބާރުގަދަ" ހަމަލާއެއް ކަމަށެވެ.
އިރާނުގެ ތަސްނިމް ނިއުސް އެޖެންސީން ބުނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ އިތުރުން އިރާގުގެ ހުޅަނުގު ޕްރޮވިންސް އަލް އަންބަރުގައި އެމެރިކާ އިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަށް ވެސް އިރާނުން ހަމަލާ ދީފައިވާ ކަމަށެވެ.
އެ ނިއުސް އެޖެންސީން ބުނީ އިރާނުން އެ ހަމަލާ ދިން އޮޕަރޭޝަނަށް ނަން ދިނީ "ބަޝާރަތު ފަތަހް" [ނަސްރު އަންނާނެ ކަމުގެ އުފާވެރިކަމުގެ ވައުދު] ގެ ނަމުގައި ކަމަށެވެ. އެ ހަމަލާ ދޭން ބޭނުން ކުރި ކޯޑަކީ "ޔާ އަބާ އަބްދުﷲ" އެވެ. އެއީ ހުސައިންގެފާނުގެ ނަންފުޅަށް ނިސްބަތްކޮށެވެ. ހުސައިންގެފާނުގެ އެއްދަރިކަލެއްގެ ނަންފުޅަކީ އަބްދުﷲ އެވެ.
އެމެރިކާއިން ވަނީ އިއްޔެ ހެނދުނު އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ހަމަލާ ދީފަ އެވެ. މި މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކުގައި އެމެރިކާ ވެސް ބައިވެރިވާން ތައްޔާރަށް އޮތްކަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި އިއުލާން ވެސް ކުރެއްވި އެވެ.
އިރާނުން މިއަދު ބުނީ އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާ އަށް ރައްދުދިނުމުގެ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކަގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށެވެ.
މޫސަލް ހިފުން އުނދަގޫ ކަމަކަށް ވެފައި
ގަތަރަށް ހަމަލާދޭންޖެހޭ ހަމައެއް ނެތް: ސައޫދީ
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
އީރާނާއި އެމެރިކާ ކުށްވެރިން ބަދަލުކޮށްފި
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
އެމެރިކާގެ އެކަކުވެސް އިރާގުގައި ހުރުން ގޯސް: ޚާމަނާއީ
އެމެރިކާގެ އުދުވާނަށް ބަދަލު ހިފާނަން: ހަނގުރާމަވެރިން