ދޯހާ (ޖެނުއަރީ 12) - އީރާނުގެ ސީނިއާ އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވުމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް އަލް ސާނީ ތެހެރާނަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
12 ޖެނުއަރީ 2020
ދޯހާ (ޖެނުއަރީ 12) - އީރާނުގެ ސީނިއާ އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވުމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް އަލް ސާނީ ތެހެރާނަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ގަތަރުގެ އަމީރު އީރާނަށް މި ވަޑައިގަންނަވަނީ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އެމެރިކާ އިން ހަމަލާދީ އަވަހާރަކޮށްލާފައި ވަނިކޮށް މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނިކޮށެވެ. ސުލައިމާނީގެ މަރުގެ ބަދަލުހިފަން އީރާނުން ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް މިސައިލް ހަމަލާދީފަ އެވެ.
ގަތަރުގެ ރަސްމީ ނޫސް އެޖެންސީން ބުނީ އަމީރުގެ ދަތުރުފުޅުގައި އީރާނުގެ ވެރިންނާ އެކު ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ނޫސް އެޖެންސީން ބުނެފައިވެ އެވެ.
ގަތަރުގެ އަމީރު މިއަދު ވަނީ އޮމާނަށް ވަޑައިގެން އެ ގައުމުގެ އާ ރަސްގެފާން ސުލްތާން ހައިސަމް ބިން ތޯރިގް އަލް ސައިދުއާ ބައްދަލު ކުރައްވައިފަ އެވެ. ސުލްތާން ގާބޫސް ބިން ސައިދު އަލް ސައިދު އަވަހާރަވުމާ ގުޅިގެން އޮމާނުގެ ވެރިންނަށް ގަތަރުގެ އަމީރު ވަނީ ތައުޒިޔާ ރައްދު ކުރައްވައިފަ އެވެ.
ސުލައިމާނީ އަވަހާރަކޮށްލިތާ އެއް ދުވަސް ފަހުން ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އާއި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވީ ގަތަރުގެ ބަހަށް
ގަތަރަށް ހަމަލާދޭންޖެހޭ ހަމައެއް ނެތް: ސައޫދީ
ގަތަރާއި އިރާގުގެ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފި
އީރާނާއި އެމެރިކާ ކުށްވެރިން ބަދަލުކޮށްފި
އެމެރިކާ އާއި އީރާން ނުސީދާ މަޝްވަރާތަކެއްގައި
އިސްލާމީ ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް
މެދުއިރުމަތީގައި ފިރިހެނުންގެ ފެޝަން ޝޯއެއް
ގަތަރާއި އީރާނާއި ކޮމަންވެލްތާއެކު ގުޅުން ގާއިމުކުރާނަން
ގަތަރުން ޓެރަރިޒަމަށް ވާގިވެރި ވޭތަ؟
ސައޫދީ އާއި ގަތަރު: އެކުވެރި ދެ ހަތުރުން